ފަރަހް ހާން ޑައިރެކްޓްކޮށް، ޝާހްރުކް ހާން ލީޑް ރޯލް ކުޅޭ "ހެޕީ ނިއު އިޔާ" ގެ ބަތަލާއަކަށް ކެޓްރީނާ ކެއިފް ހަމަޖައްސާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިއީ ތެދަކަށް ވެއްޖެ ނަމަ "ހެޕީ ނިއު އިޔާ" ވެގެން ދާނީ "ޖަބް ތަކް ހެ ޖާން" އަށް ފަހު ޝާހް އާ އެކު ކެޓްރީނާ ކުޅޭ ދެވަަނަ ފިލްމަށެވެ. އަދި ފަރަހް ޑައިރެކްޓް ކުރާ ފިލްމެއްގައި ވެސް ކެޓްރީނާ މަސައްކަތް ކުރާ ދެވަނަ ފިލްމަށެވެ.
ފަރަހް އެންމެ ބެލުންތެރިންނާ ހަމައަށް ގެނެސް ދިން "ތީސް މާރް ހާން" ގައި އަކްޝޭ ކުމާރާ އެކު ފެނިގެން ގޮސްފައި ވަނީ ކެޓްރީނާ އެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބް ބަތަލާއިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ "ހެޕީ ނިއު އިޔާ" އަށް ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާ އިރު، މި ފިލްމްގެ ބަތަލާގެ ރޯލަށް މީގެ ކުރިން ޓީވީ ސިލްސިލާތަކުން ފެންނަ ޖެނިފާ ވިންގެޓް އާއި އަންކިތާ ލޮކަންދޭ ވެސް ހަމަޖައްސަން އުޅޭ ކަމުގެ އަޑުތަކެއްް ފެތުރިފައިވެ އެވެ.
ދުބާއީގައި ސެޕްޓެމްބަރު 5 ގައި ޝޫޓިން ފަށާ "ހެޕީ ނިއު އިޔާ" ގައި ޝާހްގެ އިތުރުން އަބިޝެކް އާއި އައދި އިތުރު އެކްޓަރަކު ސަޕޯޓިން ރޯލްތަކުންނ ފެނިގެން ދާނެ އެވެ. އަދި ފިލްމްގައި ތިން ބަތަލާއިން ހިމެނޭނެ އެވެ.