Last Updated: May 1, 20:59
Thursday, May 1, 2025
ދުނިޔެ

އިދްރިސް އެލްބާ ކޮވިޑް-19 އަށް ޕޮސިޓިވް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އިދްރިސް އެލްބާ ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

އެލްބާ، 47، ޓުވިޓާގައި ބުނެފައިވަނީ އޭނާގެ ގައިން އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށާއި، ޓެސްޓުކުރީ ގާތް މީހަކު ވައިރަސް އަށް ޕޮސިޓިވްވުމާ ގުޅިގެން ކަމަށެވެ.

ޓެސްޓުކުރިއިރު އެލްބާ ވެސް ޕޮސިޓިވް ވެފައިވާއިރު އޭނާ ވަނީ މިހާރު އަމިއްލައަށް އެކަހެރިވެ ފަރުވާ ހޯދަން ފަށާފައެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރ ޓޮމް ހޭންކްސް އަދި ރިޓާ ވިލްސަން ވެސް ވައިރަސް އަށް ޕޮސިޓިވްވި ކަން މިދިޔަ ހަފްތާގައި ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް ރަނގަޅުވެ މިހާރު ދެމީހުން ވެސް ހޮސްޕިޓަލުން ދޫކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ.