Last Updated: April 24, 23:11
Thursday, April 25, 2024
ކުޅިވަރު

ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެއްސި ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރަން ޔޫއެފާ އިން ނިންމައިފިއެވެ.

ޔޫއެފާ އިން މިގޮތަށް ނިންމާފައިވަނީ ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ކްލަބް އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުންނާއެކު މިހާރު ބާއްވަމުންދާ ކުއްލި ބައްދަލުވުމުގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ނިންމާފައިވަނީ ޔޫރޯ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށް ފަސްކުރުމަށެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ޔޫރަޕްގެ ކްލަބް މުބާރާތް ކަމަށްވާ، ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ދެން ކުޅޭނެ ތާރީހުތަކާ މެދު ވެސް ގޮތެއް ނިންމުމަށް ހަމަޖެހިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ލީގުތަކުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ބައެއް ލީގުތައް އަންނަ މަހުގެ ކުރީކޮޅު ފެށުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.