Last Updated: July 1, 00:12
Tuesday, June 30, 2026
ސިޔާސީ

ތަސްމީނު ވަހީދު އާ ގުޅުނީ 30 މިލިއަނަށް!

ޑިއާރްޕީގެ ލީޑަރ އަހުމަދު ތަސްމީނު އަލީ މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ގުޅުނީ 30 މިލިއަން ރުފިޔާއަށް ކަމަށް ދާދިފަހުން ތަސްމީނުގެ އެދުމުގެ މަތިން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމުން ވަކިކުރި އަމާދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭ ޖުމްހުރީ ގުޅުމުން ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްްކަވަމުން އިމާދު ވިދާޅުވީ ތަސްމީނު ވަހީދު އާއި ގުޅި އަބްދުﷲ ޝާހިދު އެމްޑީޕީ އާއި ގުޅި އާޒިމް ، ތަސްމީނު ވަހީދު އާއި ގުޅުމުން ޑީއާރްޕީން ވަކިވެ އެމްޑީޕީ އާއި ގުޅުނީ އިއްތިފާގުން ނޫންކަމަށާއި އެއީ ކުރިއާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި ތަސްމީނު ވަޙިދު އާއި ގުޅިވަޑައިގަތީ 30 މިލިއަން ރުފިޔާއަށް ކަމަށް ވިދާޅުވެ ވަހީދު އަށާއި ތަސްމީނަށް ވަރަށް ފާޑު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ވަޙީދު ވެރިކަމަށް ގެންނަން ތަސްމީނު ބޭނުން ނުވާ ކަމަށާއި ތަސްމީނު ބޭނުމީ ފައިސާ ކަމަށެވެ. އަދި ވަހީދުއަށް ވެރިކަން ލިބުނަސް ވެރިކަން ކުރާނީ ވަހީދުގެ އަނބިކަބަލުން ކަމަށެވެ.

އަދާލަތު ޕާޓީ "ގައުމައިގެން ކުރިއަށް" އިއްތިހާދުން ވަކި ވުމުން ވަޙީދު އުފާ ކުރެއްވި ކަމަށާއި ، ގައުމީ ޕާޓީން ޖުމްހުރީ ޕާޓީ އާއި ގުޅެން އުޅޭ ކަމަށް ދެއްކުމުން އެކަމަށްވެސް ވަހީދު އަޅާ ނުލައްވައި ހަސަން އަށް ފާޑު ވިދާޅުވިކަމަށް އިމާދު ވިދާޅުވިއެވެ.

"ގައުމީ ޕާޓީ އިއްތިހާދުން ވަކިވާން އުޅޭ ވާހަކަ ވަޙިދުއަށް ދެންނެވުމުން ވަޙިދޫ ވިދާޅުވީ ހަސަން ހުންނަވައިގެން އެންމެ ފަހުން އައްޑޫގައި ބޭއްވި ބައްދަލުވުމަށް ހަސަން އަށް ގެންދެވުނީ އެންމެ 10 މީހުންކަމަށް. އެހެން ވިދާޅުވެ ހަސަން އަކީ މުހިއްމު މީހެއް ނޫން ކަމަށް ވަހީދު ވިދާޅުވީ"

އިމާދު ވިދާޅުވީ ޑރ. ވަހީދަކީ ﷲ ދެއްވި ނިއުމަތަަށް ޝުކުރުވެރި ނުވި މީހެއް ކަމަށެވެ. އިމާދު ވިދާޅުވީ ވަހީދު އަށް ކެމްޕެއިން އަށް ގިނަ ގުނަ ފައިސާ ލިބިފައިވާ ކަމަށެވެ. އަދި އެފައިސާއިން ވަހީދުގެ އަންހެނުންގެ އާއިލާ ބޭފުޅުން ނުނެއްޓިގެން އުޅޭ އިރު 50 މިލިއަން ރުފިޔާއަށް ވަޙިދު އަނބިކަބަލުން މާލެއިން އިމާރާތެއް ބިނާ ކުރަން އުޅޭ ހަބަރު ލިބިވޑައިގެން ފައި ވާ ކަމަށެވެ. އަދި އެއީ ކޮންތާކުން ލިބުނު ފައިސާތޯ ދިވެހި ރައްޔިތުން ބަލާނެ ކަމަށެވެ.

އިމާދު ވިދާޅުވީ މިހުރިހާ ސަބަބު ތަކާއި ހެދި ގާސިމް އަށް ތާއިދު ކުރީ ކަމަށާއި ގާސިމް ރާއްޖޭގެ ރައީސް ކަމަށް އަންނަނީ އައްޑޫގެ އިލްމީ ދަރިއަކާއިގެން ކަމަށެވެ، ޑރ. ހަސަން އަކީ އައްޑޫ ރައްޔިތުން ބަލައިގެންފައިވާ ދަރިއެއް ކަމަށް އިމާދު ވިދާޅުވިއެވެ.