Last Updated: April 26, 06:01
Friday, April 26, 2024
ދުނިޔެ

އެމެރިކާގެ ހުރިހާ ސްޓޭޓަކުން ކޮވިޑް ފެނިއްޖެ

ކޮވިޑް-19 އެމެރިކާގެ ހުރިހާ ސްޓޭޓަކުން ފެނިފައިވާ ކަމަށް ޔޫއެސް ހެލްތް އޭޖެންސީން ހާމަކޮށްފިއެވެ.

އެންމެ ފަހަކަށް ކޮވިޑް ފެނުނު ސްޓޭޓަކީ އެމެރިކާގެ ވެސްޓް ވަޖީނިއާ އެވެ. ސަރުކާރުން ވައިރަސް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނައިރު މާސްކުތަކާއި ރެސްޕިރޭޓަރ ހުސްނުވެ ބަލިމީހުންނަށް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަދި ސްޓޭޓްތައް ލޮކްޑައުން ކުރުމާއި ބޭރަށް ނިކުތުން މަދުކުރުމަށް ވެރިން އަންނަނީ ބާރު އަޅަމުންނެވެ. ސެން ފްރެންސިސްކޯ ލޮކްޑައުން ކޮށްފައިވާއިރު ނިއުޔޯކް ވެސް ލޮކްޑައުން ކުރުމަށް މޭޔަރ އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން އެމެރިކާގެ ރައްޔިތެއް ނުވަތަ ދާއިމީ ރެޒިޑެންޓުންނާއި އާއިލީ މެމްބަރުން ފިޔަވައި އިތުރު ބަޔަކަށް މިވަގުތު އެތެރެ ނުވެވޭ ގޮތަށް ވަނީ ނިންމާފައެވެ. ޝިޕިން ލައިންތަކާއި މުދާ ގެނައުން ވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކޮންޓްރޯލް ކޮށްފައެވެ.

ކޮވިޑް-19 ގައި އެމެރިކާއިން މިހާރު މަރުވެފައިވާ މީހުންގެ އަދަދު ވަނީ 108 އަށް އަރާފައެވެ. ޕޮސިޓިވް ވެފައިވާ 6،300 އަށް ވުރެ ގިނަ މީހުން އެމެރިކާގައި އެބަ ތިބި ކަމަށް "ބީބީސީ" އިން ރިޕޯޓުކޮށްފައިވެއެވެ.