Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން ސަރުކާރުން ނިންމައިފި

އިސްލާމީ މަރުކަޒު - ފޮޓޯ: ގޫގުލް

މިއަދުގެ މެންދުރު ނަމާދުން ފެށިގެން މާލެ ސިޓީ އާއި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި އަންނަ ހޮނިހިރު ދުވަހާ ހަމައަށް ފަރުޟު ނަމާދު ނުކުރުމަށާއި ހުކުރު ނަމާދު މެދު ކަނޑާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރ ވިދާޅުވީ، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ކޮވިޑް-19 ފެނި، ލޮކްޑައުން ކުރަން ސަރުކާރުން ނިންމައިފިނަމަ، އެ ރަށެއްގައި މި އުސޫލު ކަނޑައެޅޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަމާއަތުގައި ނަމާދުކުރުން މެދު ކަނޑާލާފައިވަނީ މިއަދު މެންދުރު ނަމާދުން ފެށިގެން މިމަހުގެ 28 ވާ ހޮނިހިރު ދުވަހުގެ އަސްރު ނަމާދާ ހަމައަށެވެ.

މިނިސްޓަރ ވިދާޅުވީ މިމުއްދަތުގައި ހުކުރު ނަމާދު ކުރާނެ ގޮތް ރައްޔިތުންނަށް ބަޔާން ކޮށްދިނުމަށް ޢިލްމުވެރިން މިއަދު 10:00 ގައި ޓީވީ މެދުވެރިކޮށް ޚާއްސަ ޕްރްގްރާމަކުން ބަޔާން ކޮށްދެއްވާނެ ކަމަށެވެ.

ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި ނަމަވެސް ހުރިހާ ރައްޔިތުން ވެސް ފަރުޟު ފަސް ނަމާދު އަދާކުރުމާއި ﷲ އަށް ޒިކުރުކުރުމާއި އިސްތިޣުފާރު ކުރުމުގައި ދެމި ތިބުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.