Last Updated: July 25, 18:05
Saturday, July 25, 2026
މީހުން

ސައުތު ކޮމާންޑަރަކަށް ޝިފާން

ޝިޕާން ސީޕީ ރިޔާޒާ އެކު (ކަނާތް ފަރާތުގައި). ފޮޓޯ ޕޮލިސް

އައްޑު އާއި ފުވައްމުލައް ހިމެނޭ ފުލުހުންގެ ސައުތު ޑިވިޝަން ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙްމަދު ޝިފާން ހަމަޖައްސައިފި އެވެ.

މި މަގާމަށް ޝިފާން ހަަމަޖައްސާފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒް ޖޫން މަހުގެ 8 ވަނަ ދުވަހު މަގާމުން ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.

ދެކުނުގެ ކޮމާންޑަރަކަށް ޝިފާން ހަމަޖެއްސެވުމާ ގުޅިގެން އޭނާ މިހާރު ވަނީ އައްޑޫގައި މަސައްކަތް ކުރައްވަން ފަށްޓަވައިފަ އެވެ.