Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ގެއްލުނު ދޯނި ފެނިއްޖެ، މިސްރާބު މާލެއަށް

ގެއްލިގެން ހޯދަމުންދާ ދޯނި - ފޮޓޯ: އެމްއެންޑީއެފް

ފަސް ދިވެހިންނާ އެކު އިއްޔެ ދަތުރަށް ފެށި "އަލިމަސް" މަސް ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ކަމަށާއި މިހާރު ދޯނި މާލެއަށް މިސްރާބު ޖަހާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 9:05 ގައި ދޯންޏާ ގުޅިފައިވާ ކަމަށާއި، މާލެ މަސް މާރުކޭޓަށް ދޯނި މިހާރު ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

ދޯނީގެ ޚަބަރެއް އެންމެ ފަހުން ވީ އާދީއްތަ ދުވަހު ހެނދުނު 9:50 ގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާއިރު ދޯނި ހޯދަން އިއްޔެ މެންދުރު ފަހުން ފެށިގެން އެމްއެންޑީއެފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދޯނީގެ ކައްޕިއާ ގުޅުމުން ވ. ރަކީދޫ ކައިރީ މަސް ބާނަން ތިބި ކަމަށް ބުނި ކަމަށާއި ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ވަނީ ކައްޕިއާ ހަވާލާދީ ބުނެފައެވެ.