Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

މަޑިސީލަ ޕްރޮގްރާމަށް މަހްލޫފް ފާޑުކިޔައިފި

އަހުމަދު މަހުލޫފް - ފޮޓޯ: ޔޫތް މިނިސްޓްރީ

ޗެނަލް 13 އިން ދައްކާ މަޑިސީލަ ޕްރޮގްރާމުގައި މައުލޫމާތު ގެނެސްދޭ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ފާޑުވިދާޅުވެއްޖެއެވެ.

ކޮންމެ ރެއަކުވެސް ގެނެސްދޭ މިޕްރޮގްރާމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާއިރު، ރޭގެ ޕްރޮގްރާމުގައި ޕްރެސެންޓަރުން ވަނީ ކޮވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށް ބުނެ ދޮގު ޚަބަރު ފަތުރާފައެވެ.

އެކަމާ ގުޅިގެން މަހްލޫފް ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލައި، ދޮގުހަދާ، ސިއްރުކުރި ބަޔަކަށް ހީވާނީ ދެންވެސް ތިބީ ހަމަ އެކަހަލަ ބައެއް ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ލިބޭނީ ފޮރުވުމެއް ނެތި ކަންކަން ހާމަކުރުމުން ކަން "އެކުދިންނަށް" ނުވިސްނޭ ކަމަށާއި ލަދުވެތިވެ ހަމްދަރުދީ ވާ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅޭގޮތުން ކޮންމެ ދުވަހަކުވެސް ސަރުކާރުން ދެ ފަހަރު ޓީވީ މެދުވެރިކޮށް އެންމެ ފަހުގެ މައުލޫމާތު ގެނެސްދެއެވެ.

މިބަލި ރާއްޖޭގައި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ޚަބަރު ފަތުރާ ފަރާތްތަކުން އެކަން ނުކުރުމަށް ސަރުކާރުން ކޮންމެ ދުވަހަކުވެސް އިލްތިމާސް ކުރެއެވެ.