Last Updated: May 1, 20:59
Thursday, May 1, 2025
ދުނިޔެ

ހާވީ ވައިންސްޓަން އަށް ވެސް ކޮރޯނާ ވައިރަސް ޖެހިއްޖެ

AFP

ރޭޕްގެ ކުށް ސާބިތުވެ 23 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ހޮލީވުޑްގެ ކުރީގެ މަޝްހޫރު ޕްރޮޑިއުސަރ ހާވީ ވައިންސްޓަން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެއްޖެއެވެ.

ވައިންސްޓަން ޕޮސިޓިވް ވުމާއެކު މިހާރު ވަނީ އެކަހެރި ކުރެވިފައެވެ. ނިއުޔޯކް ސްޓޭޓް ކަރެކްޝަން ފެސިލިޓީގެ ރައީސް މައިކަލް ޕަވާސް ބުނެފައިވަނީ އޭނާއަށް ލިބެން ޖެހޭ ސިއްހީ ފަރުވާއިން މަހްރޫމް ނުވާނެ ކަމަށާއި މިހާރުވެސް ފަރުވާ ލިބެމުން އަންނަ ކަމަށެވެ.

ރޭޕް އާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ 23 އަހަރު ދުވަހަށް ޖަލަށް ލުމަށް ވައިންސްޓަންގެ މައްޗަށް ހުކުމް ކުރީ މިދިޔަ މަހުގައެވެ.

އޭނާ ހުކުމް ތަންފީޒު ކުރަމުން އަންނަނީ ވެންޑް ކަރެކްޝަނަލް ފެސިލިޓީގައެވެ. އެތަނުގެ ދެ ޖަލު އޮފިސަރަކު ވަނީ އާދީއްތަ ދުވަހު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ.

އެމެރިކާގައި މިހާރު ކޮވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު 34 ހާހަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.