Last Updated: May 14, 17:32
Tuesday, May 14, 2024
ޚަބަރު

ހިތަދޫން ހޮވި މާވަހަރެއް ވިއްކާލަނީ!

ހިތަދޫގެ ޒުވާނަކު މީގެ ތިން މަސްކުރިން ހޮވި މާވަހަރެއް ދަރިފުޅުގެ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ފައިސާ ހޯދުމަށް ވިއްކުމުގެ މަސައްކަްތ ފަށައިފިއެވެ.

ސ.ހިތަދޫ ޕެންރިތް، އަހުމަދު ޝަނީޒް ހޮވި މި މާވަހަރުގެ ބަރުދަނުގައި 300 ގްރާމް ހުރި ކަމަށްވެއެވެ. ޝަނީޒް ބުނީ ފުރަތަމަ މާވަހަރު ފެނުމުން އެއީ ކޮންއެއްޗެއްކަން ނޭގި އެއްލާލިކަމަށެވެ. އަދި ފަހުން ބައްޕަ އާއި ވާހަކަ ދެއްކުމުން އެއީ މާވަހަރެއްކަން އެގިގެން ގޮސް ނެގީކަމަށެވެ.

ޝަނީޒް ބުނީ މާވަހަރު ކަން ޔަޤީން ވުމުން އޭތި ފޮރުވައިގެން ގެންގުޅެފައި މިހާރު ވިއްކާލުމަށް ނިންމީ އޭނާގެ 8 މަހުގެ ދަރިފުޅު ބަލިވެގެން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ފައިސާ ހޯދުމަށް ކަމަށެވެ.

ޝަނީޒް ބުނީ އޭނާގެ ދަރިފުޅުގެ ބޭސް ފަރުވާއަށް މާވަހަރު ވިއްކާލަން ގަސްތު ކުރަނީ ތިން ލައްކަ ރުފިޔާއަށް ކަމަށެވެ.