Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ފުލުހުން ހޯދި ތަކެތި --

މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 ގެއެއް ބަލާ ފާސްކޮށް 9 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކުގައި 9 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. ހައްޔަރުކުރި މީހުންގެ އުމުރަކީ 24 އަހަރާއި 50 އަހަރާއި ދެމެދެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެމީހާ ދޫކޮށްލީ ޝަރުތުކޮށްފައެވެ.

ފުލުހުން ބުނީ ކުށުގެ ވެށިން ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވަނީ ފްރީޒްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމާ ފެށޭ ހަފުތާތެރޭގައި މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.