Last Updated: April 26, 05:51
Friday, April 26, 2024
ޚަބަރު

މީދޫ ކުޅި ސަރަހައްދުގައި ރޯވެ އަނދަނީ

މީދޫ ކުޅީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފުން މަސައްކަތް ކުރަނީ: ފޮޓޯ - އެމްއެންޑީއެފް

އައްޑޫ ސިޓީ މީދޫ ކުޅި ސަރަހައްދުގައި އަލިފާން ރޯވެ ފެތުރެން ފެށުމުން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު ބޮޑު ސަރަހައްދެއްގައި ރޯވެ، ދުމުގެ އަސަރު ވަރަށް ބޮޑަށް އެސަރަހައްދަށް ކުރަމުން އެބަދެއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މެންދުރު 13:15 އެހާކަށްހާއިރު ކަމަށެވެ.

މީދޫ ކުޅި އަކީ ގަސްބޯ ސަރަހައްދެއް ކަމުން އަލިފާން ރޯވެއްޖެނަމަ އަވަހަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ.