Last Updated: April 25, 10:40
Thursday, April 25, 2024
ޚަބަރު

އިތުރު ސަފާރީއެއް ލޮކްޑައުންކޮށް ޝައްކު ކުރެވޭ މީހަކު ޓެސްޓު ކުރަނީ

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ސަފާރީއެއް ލޮކްޑައުންކޮށް ޓެސްޓު ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ހުޅުމާލޭ ކައިރީ އޮތް މާހާ ނަމަކަށް ކިޔާ ސަފާރީއަކުން ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ތިން ސަފާރީއެއް ވަނީ ލޮކްޑައުންކޮށްފައެވެ. އެއީ މާހާ ސަފާރީގެ އިތުރުން އައިލެޑް ސަފާރީ އާއި އިކުއޭޓަރ ސަފާރީއެވެ.

މީގެތެރެއިން އައިލެންޑު ސަފާރީން ޝައްކުވި ދެމީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.