Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ރަޝިޔާގައި ކަރަންޓީނު ކުރި ތިންވަނަ ދިވެހި މީހާ ބައްޔަށް ނެގެޓިވް

މަބްރޫކް އަބްދުލްއަޒީޒް - ފޮޓޯ: މިހާރު

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ރަޝިޔާގައި ކަރަންޓީނު ކުރި ތިން ވަނަ ދިވެހި މީހާގެ ނަތީޖާ ނެގެޓިވްކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ރަޝިޔާގައި ކަރަންޓީނު ކުރި ތިންވަނަ ދަރިވަރުގެ ނަތީޖާ ނެގެޓިވް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ރަޝީޔާގައި ތިން ދަރިވަރަކުވަނީ ކަރަންޓީނުކޮށް ސާމްޕަލް ނަގާފައެވެ. މީގެ ކުރިން ސަރުކާރުން ވަނީ އޭގެ ތެރެއިން 2 ދަރިވަރުންގެ ނަތީޖާ ނެގެޓިވް ވެފައިވާކަން އިއްލާން ކޮށްފައެވެ.

ތަފްސީލް އަންނަނީ….