Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 600،000 އަށް ވުރެ މަތިވެއްޖެ

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 600،000 އަށް ވުރެ އިތުރުވެއްޖެއެވެ.

ދުނިޔޭގެ 190 އަށް ވުރެ ގިނަ ގައުމަށް މި ބަލި ފެތުރިފައިވާ އިރު މިހާރު މުޅި ދުނިޔޭގައި މި ބަލި އެންމެ ބާރަށް ފެތުރެމުން އަންނަނީ އެމެރިކާގައެވެ. އެމެރިކާގައި ފާއިތުވި ދެ ދުވަހު ވަނީ 100،000 އަށް ވިރެ ގިނަ މީހުންނަށް ބަލި ޖެހިފައެެވެ.

ކޮވިޑް-19 ގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އިޓަލީން މިހާތަނަށް މިބަލީގައި 9,134 މީހުން މަރުވެފައިވާ އިރު އިއްޔެ އެކަނިވެސް ވަނީ 1000 އެއްހާ މީހުން މަރުވެފައެވެ.

ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރެމުންދާ ބާރުމިނާއި މެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅު ކުރުމުންނެވެ. މިދިޔަ 5 ދުވަހުގެ ތެރޭގައި މި ބަލި ވަނީ 300،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައެވެ.

މުޅި ދުނިޔޭގެ އާބާދީގެ 1/3 މީހުން މިވަގުތުވެސް ތިބީ އަމިއްލަ ގެތަކުގައި ބަންދުވެގެންނެވެ.