ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލް އުފައްދަވައި، އެ ކައުންސިލަށް މެންބަރުން ހަމަޖައްސަވައިފި އެވެ.
ކައުންސިލަށް ހަމަޖެއްސެވި މެންބަރުންނަކީ:
1. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަޙްމަދު މުޙަންމަދު
2 . މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަ އަޙްމަދު ޝަފީޢު
3. މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
4. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދު
5. މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު ޙުސައިން ޝަރީފް
6. އަންހެން ވިޔަފާރިވެރިންގެ ދާއިރާއިން އައްޑުއަތޮޅު މަރަދޫ ސިލްވަވިލާ ޖުވައިރިއްޔާ ވަޖުދީ
7. މަސްވެރިކަމުގެ ދާއިރާއިން ދަފްތަރު ނަންބަރު 1829 މުޙަންމަދު ވަސީމް އިސްމާޢީލް
8. ދަނޑުވެރިކަމުގެ ދާއިރާއިން މާފަންނު އާބަގީޗާ ޞަލާޙް ޝިހާބު
9. ފަތުރުވެރިކަމުގެ ދާއިރާއިން ފުވައްމުލައް ދިގުވާނޑު ހަނދުވަރުދޭގޭ އިސްމާޢީލް ފަޞީޙު
10. މަޢްލޫމާތާއި މުވާޞަލާތުގެ ދާއިރާއިން އައްޑުއަތޮޅު ހިތަދޫ ނަސީމީމަންޒިލް އަލްފާޟިލް ރަފީޢުއްދީން ނަސީމް
11. ތިމާވެށީގެ ދާއިރާއިން މާފަންނު މަތިދޫ ލުބްނާ މޫސާ
12. ޢިމާރާތްކުރުމުގެ ދާއިރާއިން ގަލޮޅު ގަލޮޅުފެހި ޢަބްދުﷲ މުޙަންމަދު
13. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަ ފާޠިމަތު ޝަފީޤާ
14. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙަންމަދު
ކައުންސިލުގެ ރައީސަކީ، މަގާމުގެ ހައިސިއްޔަތުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓެވެ. ނައިބު ރައީސަކަށް ހަމަޖައްސަވާފައި ވަނީ ޞަލާޙް ޝިހާބެވެ.