Last Updated: April 24, 16:37
Wednesday, April 24, 2024
ދުނިޔެ

އިޓަލީގެ ޑޮކްޓަރުންނަށް މުޅި ދުނިޔޭގައި ތައުރީފު

ކޮރޯނާ ވައިރަސް ޖެހިފައިވާ ބަލި މީހުންނަށް ފަރުވާދިނުމުގައި އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުންދާ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ފަރާތްތަކަށް މުޅިދުނިޔޭގައި ދަނީ ތައުރީފާއި ޝުކުރު އަދާކުރަމުންނެވެ. އިޓަލީގެ ޑޮކްޓަރުންނާއި ނަރުހުން އައިސީޔޫއިން ހިއްސާކުރި ފޮޓޯތައް ފެނިފައި މުޅިދުނިޔެއިން ދަނީ އެމީހުންނަށް ތައުރީފާއި ސަނާކިޔަމުންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ބަލިމީހުންނަށް އެތައް ގަޑިއިރެއް ވާނދެން ޚިދުމަތް ދިނުމުގައި ދެމިތިބޭ ޑޮކްޓަރުންނާއި ނަރުހުން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ މާސްކާއި ހެދުމުގެ ސަބަބުން މޫނުމަތީގެ އެތައްތަނެއް ވަނީ ޒަޚަމްވެފައެވެ.

މީސް މީޑިއާއިން އެ އަސަރުގަދަ ފޮޓޯތައް ފެނުމުން އިޓަލީގެ ސިއްހީ ޚިދުމަތްތެރިން ފާހަގަކުރެވެމުން ދަނީ ބަޠަލުންގެ ގޮތުގައެވެ.

ކޮރޯނާ ވައިރަހުން އިޓަލީ ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ގައުމު ވަނީ ފުރަބަންދުކޮށްފައެވެ.

ހޮނިހިރުދުވަހުގެ ރިޕޯޓުތަކަށް ބަލާއިރު ކޮރޯނާ ވައިރަހަށް ފައްސިވެފައިވާ 86،000އަށްވުރެ ގިނަ މީހުން އިޓަލީގައި އެބަތިއްބެވެ. އަދި އެވައިރަސް ބަލީގައި 9000 އަށްވުރެ ގިނަ މީހުން އިޓަލީން މަރުވެފައިވެއެވެ.