Last Updated: April 26, 22:31
Friday, April 26, 2024
ދުނިޔެ

ބަލި މީހަކު ގޮވައިގެން ޕިލިޕީންސުން ފުރި ބޯޓެއް ވެއްޓިއްޖެ

މެޑިކަލް އިވަކުއޭޝަނަކަށް ތައްޔާރުވެގެން ޖަޕާނުގެ ހަނޭޑާއަށް ފުރި ޕިލިޕީންސްގެ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.

ބޯޓު ވެއްޓިފައިވަނީ ޕިލިޕީންސުގެ މެނީލާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލުމާއި އެކު ކުޑައިރުކޮޅެއްގެ ތެރޭގައި ބޯޓުގައި ރޯވެގެންނެވެ.

މެނީލާ އިންޓަނޭޝަނަލް އެއާޕޯޓްސް އޮތޯރިޓީގެ މީޑިއާ އޮފިޝަލް ބުނެފައިވަނީ ވެއްޓުނު ބޯޓަކީ ޕިލިޕީންސްގެ ސަރުކާރުން ޗާޓަރުކޮށްފައިވާ ލަޔަން އެއާގެ ބޯޓެއް ކަމަށެވެ.

ބައެއް ބޭރުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯޓުން ދަތުރުކޮށްފައިވަނީ 8 މީހެކެވެ. އެއީ ބަލި މީހާ އާއި ބަލި މީހާގެ އެހީތެރިއެއްގެ އިތުރުން ޑޮކްޓަރަކާއި ނަރުހެއްގެ އިތުރުން ބޯޓުގެ ކެޕްޓަނުންނާއި ކުރޫންނެވެ.

ބޯޓުން ޖަޕާނަށް ގެންދަން އުޅުނު ބަކލި މީހާއަކީ ކޮން ބައްޔަކަށް ފަރުވާ ދެމުންދާ މީހެއްކަން އަދި ސާފު ނުވާކަމަށް ޕިލިޕީންސްގެ މީޑިއާތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބޯޓު ވެއްޓުނު ހާދިސާ އާއި ގުޅިގެން އަދި ޕިލިޕީންސް ސަރުކާރުން އެއްޗެއް ބުނެފައި ނުވެއެވެ.

ތަފްސީލް އަންނަނީ….