Last Updated: July 1, 23:03
Wednesday, July 2, 2025
ކުޅިވަރު

ބާސާ ކުޅުންތެރިންގެ މުސާރައިން 70 ޕަސެންޓު ކުޑަކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ބާސެލޯނާގެ ކުޅުންތެރިންގެ މުސާރައިން 70 ޕަސެންޓު އުނިކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ނެރުނު ބަޔާނެއްގައި ބުނީ ކުޅުންތެރިންގެ މުސާރައިން 70 ޕަސެންޓު އުނިކުރުމުގެ އިތުރުން ކްލަބުގެ ސްޓާފުންނަށް މުސާރަ ދިނުމަށް ވެސް ކުޅުންތެރިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ބާސާގެ ކުޅުންތެރިން މި ނިންމުން ނިންމިއިރު ޔޫރަޕްގެ ބައެއް އެހެން ކްލަބުތަކުން ވެސް އަންނަނީ ކޮވިޑް-19 އާއި ގުޅިގެން މިފަދަ ނިންމުންތައް ނިންމަމުންނެވެ.

އެގޮތުން ޖަރުމަނުގެ ދެ ކްލަބު ކަމަށްވާ ބަޔާން މިއުނިކާއި ބްރޫޝިއާ ޑޯޓްމަންޑުގެ ކުޅުންތެރިން ވެސް މުސާރަ ކުޑަކުރަން ނިންމިއިރު ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ޔުވެންޓަސްގެ ކުޅުންތެރިންނާއި ކޯޗު މައުރީޒިއޯ ސާރީ ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ހުރިހާ ލީގެއްގެ ކުޅުން މެދުކަނޑާލާފައިވާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެއްސި ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

ކޮވިޑް-19 އަށް މިހާތަނަށް ހަތް ލައްކަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 30،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.