Last Updated: August 23, 11:59
Saturday, August 23, 2025
ދީން

މިސްކިތްތަކުގެ މަރާމާތަށް މި އަހަރު ތިން ލައްކަ!

އައްޑޫގެ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރި ކުރަން މި އަހަރު ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ރޯދަ މަހަށް މިސްކިތްތައް ޒީނަތްތެރި ކުރަން ޖުމްލަ 316،000ރ. ހަރަދުކޮށްފައިވާ ކަމަށެވެ.

ކައުންސިލުން އަދި ބުނީ މިދިޔަ އަހަރު މިސްކިތްތައް ޒީނަތްތެރި ކުރަން 442425.00ރ. ޚަރަދު ކުރި ކަމަށެވެ. އަދި 2011 ވަނަ އަހަރުގެ ރަމަޟާން މަހަށް މިސްކިތްތަކުގައި ކުލަ އާއި ދަވާދުލައި، ޒީނަތްތެރި ކުރުމުގެ މަސައްކަތަށް ކައުންސިލުން ވަނީ 320،331.00ރ. ޚަރަދު ކުރި ކަމަށް ކައުންސިލުން ބުންޏެވެ.