Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ދާންދޫގައި ދެމީހަކު ޒުވާބުކޮށް ތޫނު އެއްޗަކުން ހަމަލާ ދީފި

ގއ. ދާންދޫ -- ފޮޓޯ / މިހާރު

ގއ. ދާންދޫގައި ދެމީހަކު ޒުވާބުކޮށް މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.

ފުލުހުން ބުނީ ދާންދޫ ހޮޓަލެއްގެ ތެރޭގައި ދެ މީހަކު ޒުވާބުކޮށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ ރިޕޯޓެއް ރޭ 21:50 އެހާކަށްހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން އެ ސަރަހައްދަށް ދިޔައިރު އަނިޔާ ލިބިފައިވާ 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލާގައި ތުހުމަތު ކުރެވޭ ދެވަނަ މީހާ ވެސް ފުލުހުންގެ އެހީތެރިިކަމާއި އެކުގައި ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެ މަރާމާރީ ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.