Last Updated: May 20, 01:49
Sunday, May 19, 2024
ސިޔާސީ

"ސާކް ސަމިޓް އޮޑިޓް ރިޕޯޓްގައި އޮޅުން ބޮޑު"

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު އަަސްލަމް. ފޮޓޯ/ ހަވީރު

ސާކް ސަމިޓާއި ބެހޭ ގޮތުން އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ހުރި ވަރަށް ފަންޑަމެންޓަލް ކުށްތައްކެއް އެ މަނިކުފާނަށް ސާފުކޮށް ދެއްވިކަމަށް އެމްޑީޕީގެ ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވެއްޖެ އެވެ.

އިއްޔެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމާ ބައްދަލު ކުރެއްވުމަށް ފަހު އަސްލަމް ފާހަގަ ކުރެއްވި ގޮތުގައި ރިޕޯޓް ތައްޔާރު ކުރެވިފައި ވަނީ ރައްޔިތުންނަށް އޭގައި ވަރަށް ގިނަ އޮޅުންތަކެއް އަރާފާނެ ފަދަ ގޮތަކަށެވެ.

ހަމަ އެހެންމެ ރިޕޯޓް ތައްޔާރުކުރި އޮޑިޓަރުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވި ކަމަށް ވިދާޅުވަމުން ބައެއް މަޢުލޫމާތު ގަސްދުގައި އޮޑިޓު ކުރުމަށް ނުދީ ފޮރުވާފައިވާކަން ފާހަގަކުރެއްވި އެވެ.

އަސްލަމް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ރިޕޯޓް ހުށަހެޅުއްވުމުން އެ ދިރާސާ ކުރައްވައި އޭގައިވާ މައްސަލަތައް ފާހަގަ ކުރެއްވުމަށް އަސްލަމް އެ ކޮމިޓީގެ މެންބަރުންނަށް ވަނީ އިލްްތިމާސް ކުރައްވާފަ އެވެ.
އަދި ރިޕޯޓްގައި ފާހަގަ ވެފައިވާ ކުށްތައް ރައްޔިތުންނަށް މީޑިއާގެ ޒަރިއްޔާއިން ތަފްސީލުކޮށް ކިޔައި ދެއްވާނެކަމުގެ ޔަގީންކަން އަސްލަމް އެރުއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރު ހަމްޒާ ރިޕޯޓުގައިވާ ކުށްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އިތުރު މަޢުލޫމާތު ލިބިއްޖެ ކަމުގައިވާ ނަމަ އަލުން އެމައްސަލަ ބެލުމަކީ ނެތް ކަމެއް ނޫން ކަމަށް އޮޑިޓަ ޖެނަރަލް ވިދާޅުވެފައިވާކަން ފާހަގަ
ކުރެއްވި އެވެ.
އަދި ބަޖެޓްގެ ބޭރުން އައްޑޫގެ ތަރައްޤީ އަށް އެއްވެސް ޚަރަދެއް އެމްޑީޕީގެ ކުރީގެ ސަރުކާރުން ކޮށްފައި ނުވާނޭކަން އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީރިޕޯޓްގައި ދައުލަތަށް ގެއްލުންވާ ފަދަ ގޮތަށް ބައެއް ކަންކަން ކޮށްފައިިވާ ކަމަށް ބަޔާންކުރެވިފައި ވަނީ އެކަށީގެންވާ މަޢުލޫމާތު ނުލިބި ރިޕޯޓް ތައްޔާރު ކުރެވިފައިވާތީ އެވެ.