Last Updated: June 9, 18:41
Tuesday, June 9, 2026
ދީން

އިހުޔާ ފޯރަމަށް 55،000ރ. ހަރަދު ވާނެ: ކައުންސިލް

ޝަރަފުއްދީންގެއިހުޔާ ފޯރަމްގެ ތެރެއިން. ފޮޓޯ/ އައްޑޫ ލައިވް

މި ރޯދަ މަހު އައްޑޫގައި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިހުޔާ ފޯރަމަށް 55،000ރ. ހަރަދު ވާނެ ކަމަށް ބެލެވޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ހިންގާ ދީނީ ޕްރޮގްރާމްތަކާ ބެހޭ ގޮތުން ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިހުޔާ ފޯރަމް އިންތިޒާމް ކުރަން އެހީވުމުގެ ގޮތުން ފޯރަމް ބާއްވާ 7 ސްކޫލަކަށް ކޮންމެ ސްކޫލަކަށް 5،000ރ. ކައުންސިލުން ދޭ ކަމަށެވެ.

އެހެން ނަމަވެސް ފައިސާ ނުލިބޭ ކަމަށް ބައެއް ސްކޫލްތަކުން ވަނީ ބުނެފަ އެެވެ. އަދި ފޯރަމް ފަށަން އައްޑޫ ހައި ސްކޫލުގައި ބާއްވަން ރޭވި ޖަލްސާ ވެސް ނުބޭއްވުނީ ފައިސާ ނުލިބިގެން ކަމަށް އެނގިފައިވެ އެވެ.

ކައުންސިލުން ބުނީ މުޅި ފޯރަމަށް 35،000 ރުފިޔާ ޚަރަދު ވާނެ ކަމަށެވެ. އަދި ރަމަޟާން މަހުގެ އިހުޔާ ޕްރޮގްރާމްގެ ނިންމާ ޖަލްސާ އޮންނާނީ އިރުޝާދިއްޔާ ސްކޫލްގައި ބާއްވާ އިރު އެ ޖަލްސާގައި އިނާމާއި ސެޓްފިކެޓް ދިނުމަށް އަދި ރިފްރެޝްމަންޓަށް މަދުވަގެން 20،000ރ. ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ސްކޫލް ކުދިންނަށް އަމާޒުކޮށް މި އަހަރު ފޯރަމް ބާއްވަން ނިންމީ އިސްލާމީ އުސޫލުތަކަށާއި އިސްލާމީ ވަހުދަތަށް އަދި އިސްލާމީ ރިވެތި އުސޫލުތަކަށް ދަރިވަރުންގެ ހިތުގައި ލޯބި ޖެއްސުމަށް ކަމަށެވެ.