Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޓްރެވެލާސް ކްލިނިކް ފްލޫ ކްލިނިކަކަށް ބަދަލުކޮށްފި

ކޮވިޑް19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން -- ފޮޓޯ / މިހާރު

ކޮވިޑް19 އާ ގުޅިގެން މާލޭހިޔާ 2 ފުރަގަހުން އޮންނަ ހުސްބިމުގައި ގާއިމުކުރި ޓްރެވެލާސް ކްލިނިކް، ފްލޫ ކްލިނިކްއަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެއިން ފެށިގެން ޓްރެވެލާސް ކްލިނިކް ފްލޫ ކްލިނިކްއަކަށް ބަދަލުކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. މި ކްލިނިކުން ދިވެހިންނަށާއި ބިދޭސިންނަށްވެސް ހިދުމަތް ދޭނެއެވެ. ކްލިނިކްގެ ހިދުމަތް ދޭނީ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ.

ހުން އައިސް ރޯގާގެ އަލާމާތްތައް ހުރިނަމަ ހޮސްޕިޓަލަށް ނުގޮސް ކްލިނިކަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފްލޫ ކްލިނިކުތައް ހުޅުވާފައެވެ. އެގޮތުން މާލެއާ ވިލިމާލެ ހުޅުމާލެ އައްޑޫ ސިޓި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވަނީ ފްލޫ ކްލިނިކުތައް ހުޅުވާފައެވެ. އަދި އެ ކްލިނިކުތަކަށް އެތައް ބަޔަކު އަންނަނީ ކޮންމެ ދުވަހަކުވެސް ފަރުވާ ހޯދަމުންނެވެ.