Last Updated: April 24, 10:23
Wednesday, April 24, 2024
ޚަބަރު

ގައުމީ ޝިޕިންލައިންގެ ފުރަތަމަ ބޯޓު ރާއްޖެ އަތުވެއްޖެ

ރާއްޖޭގެ އާ ޝިޕިންލައިންގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުން --

ސަރުކާރުގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ރާއްޖެ އަތުވެއްޖެއެވެ. މި ބޯޓު މިހާރު ވަނީ މާލޭގައި ބަނދަރުކޮށްފައެވެ. މި ބޯޓު ރާއްޖެ އައީ 800 ކޮންޓެއިނަރާއި އެކުގައެވެ.

މިދިޔަ މަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓު މިދިޔަ މަހުގެ 30ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ. އެމްއެސްއެސްއަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖެ އޮތީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި ކަމަށާއި އެކަން ބަދަލު ކުރުމަށް އެހެން ސިނާއަތްތަކަށް އިންވެސްޓު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މި ޝިޕިން ލައިނަށް އިންވެސްޓު ކުރުމަކީ އޭގެ ތެރެއިން މުހިންމު އެއް މަސައްކަތް ކަމަށާއި މިކަމުގައި ކުރިން ރާއްޖޭގެ ފަހުރުވެރި ތާރީހު އަލުން އިޔާދަކުރައްވާނެ ކަމަށް ރައީސްވިދާޅުވި އެވެ.

ސްރީލަންކާގެ ބަނދަރަކުން ފުރަން އޮތް އެ ބޯޓުގެ ފުރުން ލަސްވީ ކޮވިޑް19 ވައިރަހާއި ގުޅިގެން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނީގެ އޮފީހެއްވެސް މިހާރު ވަނީ މާލޭގައި ހުޅުވައިފައެވެ. އެ އޮފީސް ހުންނަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިންވަނަ ފްލޯގައެވެ.

އެ ބޯޓްގެ ނަމަކީ، އެމްވީ އައިބީރިއަން އެކްސްޕްރެސް އެވެ. އެ ބޯޓަށް މަރުހަބާ ކިޔަން ވަނީ ފެނުގެ ސެލިއުޓެއް އަރުވައިފައެވެ. އެ ބޯޓްގައި ގެނެސްފައި ވަނީ، ކާޑުގެ ބާވަތްތަކާއި ބޭހެވެ.މި ބޯޓު ރާއްޖެ އައީ ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑުގެ ބާވަތްތައް ހިފައިގެންނެވެ.