Last Updated: April 23, 14:18
Tuesday, April 23, 2024
ޚަބަރު

ރަށްރަށުން ބިން ދޫކުރާ އުސޫލުތަކަށް ބަދަލު ގެނައުމަށް ހުށަހަޅައިފި

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ދައުލަތަށް ވަންނަ އާމްދަނީ އަކީ ފަތުރުވެރިކަމުން ވަންނަ އާމްދަނީ ނޫން ގޮތަށް ހެދުމަށްޓަކައި ދަނޑުވެރިކަން ކުރުމަށް ބާރު އެޅުމުގެ ގޮތުން ރަށްރަށުން ބިން ދޫކުރާ އުސޫލުތަކަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ހުށަހަޅުއްވައިފިއެވެ.

މިއަދު ވެބް ކޮންފަރެންސްކޮށް ބޭއްވި ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މިހާރު ދަނޑިވެރިކަމަށް ދޫކުރަމުން އަންނަ ބިންތަކަކީ އެއްވެސް ވަރަކަށް އެ ބޭނުންތައް ކޮށްފައި ނުވާ ބިންތަކެއް ކަމަށެވެ. އަދި އެއްވެސް ވަރަކަށް ދަނޑުވެރިކަމުގެ ހަރަކާތްތައް ނުހިންގާ ތަންތަން އަތުލެވެން ޖެހޭނެ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ދަނޑުވެރިކަމަށް ދީފައިވާ ރަށްތައް އެއްފަރާތައް ވުރެ ގިނަ ފަރާތްތަކަށް އެރަށްރަށުގައި ހަރަކާތްތެރި ވެވޭވެނެ ގޮތަށް ކޮމިޓީން މަސައްކަތްކޮށްގެން، އެކަންތައްތައް ކުރެވިއްޖެ ނަމަ ގިނަ މީހުންނަށް އާންމުދަނީ ލިބޭނެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް މިގޮތަށް ހުށަހެއްޅުއްވީ މިއަދު އޮންލައިންކޮށް ކުރިއަށް ދިޔަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، ދަނޑިވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގައި ކުޑަކުޑަ ތަންކޮޅެއްގައި ގަސްކޮޅެއް ޖަހައިލައިގެން ދަނޑުވެރިކަން ކުރަނީ ކަމަށް ދައްކައިގެން، "ހޮލިޑޭ ހޯމް" އަޅައިގެން އެ ރަށް އެހެން ބޭނުންތަކަށް ބޭނުންކުރަމުންދާ ކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަތަކުގައި ދަނޑުވެރިކަން ކުރޭތޯ ނުވަތަ ނުކުރޭތޯ ބެލުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވާ މައްސަލައިގައި [ސަރުކާރުން ކޮވިޑް19 އާ ގުޅިގެން އާމްދަނީ އިތުރު ކުރުމަށް ނިންމި ކަންކަން] ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ތިން ކަމަކަށް ލަފާއަރުވާނެ ގޮތަކާ މެދު މަޝްވަރާ ކޮށްފައެވެ.