Last Updated: April 27, 09:46
Saturday, April 27, 2024
ދުނިޔެ

މާސްކު އަޅުއްވަން ޓްރަމްޕް ދެކޮޅު، އެކަމަކު އަނބިކަނބަލުން ބޭނުންފުޅުވޭ!

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މާސްކު އެޅުމާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ދެކޮޅުހައްދަވަމުންނެވެ. އެކަމަކު އަނބިކަނބަލުން މެލާނިއާ ގެންދަވަނީ މާސްކު އެޅުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރޮވެންޝަން އިން ލަފާދޭގޮތުގައި އާންމު ތަންތަނަށް ގޮސްއުޅޭނަމަ މާސްކު އަޅަންޖެހޭނެއެވެ. ރައީސް ޓްރަމްޕް ވިދާޅުވަނީ އެލަފަޔާ އެއްގޮތަށް ޢަމަލުކުރަން އޭނާ ވިސްނާވަޑައިނުގަންނަވާކަމަށެވެ. އަނެއްކޮޅުން ރައީސް ޓްރަމްޕުގެ އަނބިކަނަބަލުން ވިދާޅުވަނީ ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ތަބައަވާންޖެނޭކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އިޖުތިމާއީ ދުރުމިން ބެހެއްޓުމާއެކު އަނގަޔާއި ނޭފަތް ނިވައިކުރަން މާސްކު އެޅުމަކީ މުހިއްމުކަމެކެވެ.

އެމެރިކާގައި ވަރަށް ބިރުވެރި ގޮތަކަށް ކޮރޯނާވައިރަސް ފެތުރެމުންދާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ރައީސް ޓްރަމްޕް ގެންގުޅުއްވާ ދޯދިޔާ ސިޔާސަތަށާއި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް އެތައް މިލިއަން ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އާދީއްތަދުވަހުގެ މެންދުރުފަހުގެ ރިޕޯޓުތަކަށް ބަލާއިރު ކޮރޯނާވައިރަސް ޖެހިގެން އެމެރިކާއިން 8503 މީހުން މިހާތަނަށް މަރުވެއްޖެއެވެ. އަދި ބަލިޖެހިފައިވާ 312245 މީހުން އެމެރިކާގައި އެބަތިއްބެވެ.