Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

މޫމިނާ އަބްދުލްގައްޔޫމް އަވަހާރަވެއްޖެ

މޫމިނާ އަބްދުލްގައްޔޫމް: ފޮޓޯ / އަވަސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ދައްތާފުޅު މުއުމިނާ އަބްދުލްގައްޔޫމް އަވަހާރަވެއްޖެއެވެ.

އަދީލް ޖަލީލުގެ މަންމާފުޅު އަދި މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މާމާފުޅު މޫމިނާ އަބްދުލްގައްޔޫމް އަކީ ދިވެހި ދައުލަތަށް، ވަކިން ހާއްސަކޮށް ދިވެހި އަދަބިއްޔާތަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭކަނބަލެކެވެ.

މޫމިނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދުގެ އަސަރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާގައެވެ. އެކަމަނާ އަވަހާރަވިއިރު ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައި މާފުށި ޖަލުގައެވެ. އެކަމަނާގެ މޫނު ދެކިލުމަށް ރައީސް ޔާމީން މާލެ ގެންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.