އައްޑޫގައި އިމާރާތް ކުރާ ގޯތިގެދޮރު އިމާރާތް ކުރުމުގެ ހުއްދަ ދިނުމާއި ބެހޭ ޤަވާއިދެއް ޑްރާފްޓްކޮށް އާންމުންގެ ޙިޔާލަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ އިއްޔެ އިން ފެށިގެން އޮގަސްޓް މަހުގެ 30 އާ ހަމައަށް އެކި ފަރާތްތަކުން ހުށަހަޅާ ހިޔާލުތަކަށް ބެލުމަށް ފަހު މި ޤަވާއިދަށް ގެންނަންޖެ ހޭ ބަދަލު ތަކާއި އިސްލާޙްތަކާ އެކު ޤަވާއިދު ފާސް ކުރުމަށް ކައުންސިލަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ގޯތިގެދޮރު ޢިމާރާތް ކުރުމުގެ ހުއްދަ ދިނުމާ ބެހޭ ޤަވާއިދަކީ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައި އެންމެން އެއްގޮތަކަށް އަމަލު ކުރުމަށްޓަކައި ފަސޭހަ ގޮތެއް ހޯދައި ދިނުމުގެ ގޮތުން ހެދި ގަވާއިދެއް ކަމަށެވެ.
ކައުންސިލުން ވަނީ 58 މާއްދާ ހިމެނޭ ގަވާއިދެއް ތައްޔާރުކޮށް ކައުންސިލްގެ ވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ.
އަދި މި ގަވާއިދަށް އަމަލް ކުރަން ފަށާނީ އާއްމުންގެ ހިޔާލް ހޯދުމަށް ފަހު ގަވާއިދު ފާސްކޮށް ގެޒެޓްގައި އާއްމުކުރާ ދުވަހުން ފެށިގެން ކަމަށް ކައުންސިލުން ބުނެ އެވެ.