Last Updated: May 20, 06:07
Monday, May 20, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(ޖުލައި 30، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

ޖެހިގެން އައި ދުވަހު ސަލީމް ވަރަށް ސާދާގޮތަކައް ތައްޔާރު ވެލި އެވެ. ޔޫނުސް އަކީ ވަރަށް ސާދާ މީހެއްކަން އޭނާ އަށް ކުރިން ވެސް އޮތީ އެނގިފަ އެވެ. މަޑު ނޫކުލައަކީ އެ ފެކްޓަރީގެ ކުލަ އެވެ. ސަލީމް ހޯދާ ބަލައިގެން އެ ކުލައިގެ އަތްދިގު ގަމީހެއް ހޯދި އެވެ. އަދި ކަޅު ފަޓުލޫނެއް ލިއެވެ. އަދި ނޫކުލައިގެ ޓައީއެއް އައްސާލި އެެވެ. ކަޅު އޮފް ބޫޓަކަށް އަރާލި އެވެ. މިހާރު އޭނާ ވައްތަރީ އެ ކުންފުނީގެ މެނޭޖަރަކާ އެވެ.

ސަލީމް ފެނިފައި ރިސެޕްޝަންގަ އިން ކުއްޖާ ވެސް ހައިރާން ވި އެވެ. ސަލީމް އައި ވާހަކަ އޭނާ ޔޫނުސް އަަށް ދެންނެވި އެވެ.
ސަލީމް އޭނާގެ ފައިލް ހިފައިގެން ޔޫނުސްގެ ކެބިން އަށް ވަނެވެ. ޔޫނުސް އަތުގެ އިޝާރާތުން އިށީންނަން ސަލީމް އަށް ގޮނޑި ދައްކާލި އެވެ.

އެ ވަގުތަކީ ޔޫނުސް އޭނާގެ އަންހެން ދަރިފުޅު ނީލާ އަށް ފިލާވަޅު ދަސްކޮށް ދެއްވަނީ އެވެ. ނީލާ ތަފާތު ސުވާލުތަށް ޔޫނުސް އާ ކުރަމުން ދިޔަ އެވެ. އެކަމަކު ޔޫނުސް ދޭ ޖަވަބު ނީލާ އަށް ރަނގަޅު ކަމަކަށް ނުވެ އެވެ.
އެވަގުތު އެއްޗެއް ވިސްނިގެން ޔޫނުސް އިސް އުފުލާ ސަލީމް އާ ދިމާއަށް ހިނިތުންވެލި އެވެ.

"ސަލީމް ތި އައި ހަމަ ރަނގަޅު ގަޑިއެއްގަ. ތި ފައިލް އަހަރެންގެ މޭޒް މަތީ ބާއްވާފަ ނީލާ އަށް އެހީވެދީ މި ފިލާވަލުތައް ހަދަން. ނީލާ ގެ ހިތްހަމަޖެހިއްޖެއްޔާ ބަލާ ކަލޭ ފާސްވި ކަމަށް. އަދި ވަޒީފާ ވެސް ލިބުނީ ކަމަށް އެހެން ނޫނީ ޖެހޭނީ ދޫކޮށްލަން. ދަރިފުޅާ ނީލޫ މިއީ ސަލީމް. މީނާ ރަނގަޅަށް ޓެސްޓު ކުރާތި. ބައްޕަ މިދަނީ މީޓިން އަށް ލަސްވެގެން."

"އެންމެ ރަނގަަޅު ޑޭޑް. އަހަރެން މީނާ ބޯ ގޮއްވާލާނަން. ހެއްހެއްހޭ. ދުރުވޭ ދުރުވެ މިވަގުތުގެ މަގޭ އެދުރު ބޭބޭ. މި ފިލާވަޅު ބުނެދީ ހަމަ މިހާރު."

ސަލީމް ބިރުން ކަހަލަ ގޮތަކަށް ގޮސް ނީލާގެ ކުރިމަތީ އިށީނެވެ. ނީލާ ފޮތް ސަލީމަށް ދައްކާލި އެވެ. ސަލީމް ވަރަށް ފަރިތަ ކަމާއެކު އެ ފިލާވަޅު ހަދާލި އެވެ. ނީލާ އިނީ ހައިރާންވެފަ އެވެ.

"މިއޮތް ހުރިހާ އެއްޗެއް ނިމުނީ."

"އަހަރެން ހީކޮށްގެން މި ހުންނަނީ އެންމެ މޮޅީ އަހަރެންގެ ބައްޕަ ކަމަށް. އެކަމަކު ސަލީމް ތިހާ އަވަހަށް ތި ފިލާވަޅު ހެދީމާ އެނގިއްޖެ ބައްޕަ އަށް ވުރެ ވެސް ސަލީމް މޮޅުކަން." ނީލާ ސަލީމް އަށް ތައުރީފް ކުރި އެވެ.

"ނޫނެ ނީލާ މެޑަމް. އާދައިގެ ބަޔޮލޮޖީ ފިލާވަޅެއް އެނގުމަކީ ޔޫނުސް އަަށް ވުރެ މޮޅުވުމެއް ނޫން. އަޅުގަނޑަކީ ބިމުގެ ޒައްރާ އަކަށްވާ އިރު ޔޫނުސްއަކީ އުޑުގަ އަލިގަދަކޮށް ވިދާ ތަރިއެއް." ސަލީމް އިސް ދަށަށް ޖަހާލައިގެން އިނދެ މި ބުނި ބަހުންނާ ސަލީމްގެ އެ ހުނަރު ވީ ނީލާގެ ހިތުން ސަލީމު އަށް ޖާގަ ހުސްވި ކަމަކަށެވެ. ސަލީމް ވީ ނީލާގެ ޕާމެނަންޓް ޓީޗަރަށެވެ. ގިނަވަގުތު ދެ މީހުން އެކަނި އެކުގައި ހޭދަކުރުމާއި ތަފާތު ހިޔާލުތަށް ބަދަލުވުން ވެގެން ދިޔައީ ސަލީމް އާއި ނީލާ އެކަކު އަނެކަކާ ލޯބީގެ ގޮތުން ގުޅުނު ކަމަކަށެވެ.

"ނީލާ. އަހަރެން ހީވަނީ މި ކުރެވުނީ ރަނގަޅު ކަމެއްނޫންހެން. ޔޫނުސް އަހަރެންނަށް ވަޒީފާ ދެއްވީ ހާދަ އިތުބާރެއްކޮށްފައޭ. އެކަމަކު އަހަރެން އޭނާގެ ދަރިޔަކާ މިފަދަ ގޮތަކަށް ގުޅެން އޭނާ ހިތަކަށް ވެސް ނާރާނެ. އަހަރެންނަކީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ މީހުން ބުނާނެ. ނީލާ އަހަރެން މަތިން ހަނދާން ނައްތާލާ. މިއީ ނުވެސް ވާ ކަމަކަށް ހަދާލާ. އަހަރެންނަށް ޔޫނުސް އާ ދެން ކުރިމަތިލާކަށް ވެެސް ދެން ނުކެރޭނެ. އަހަރެން މިއަދު ވަޒީފާއިން ވަކިވާން ސިޓީ ލިޔާނަން."

އެވަގުތު ބޭރުން އައި ވަހީދާ އަށް މި އަޑު އިވުނެވެ. މި އަހަރަކީ ނީލާގެ ފަހު ތައުލީމީ ފަހު އަހަރު ކަމުން ވަހީދާ ވެސް ނިންމީ ސަލީމްއަކީ ނީލާ ބޭނުންވާ ބައިވެރިޔާ ކަމަށް ވާނަމަ އަވަހަށް އެކަން ކުރުމަށެވެ. ސަބަބަކީ ސަލީމް އަކީ ޢަޙްލާގު ރަނގަޅު މީހެކެވެ. ވަކި ޙާންދާންއެއް ނޭގުނަސް ސަލީމުގެ މަޑުމައިތިރިކަމާއި ނިޔަނެތިކަމުން ސަލީމްއަކީ ރަނގަޅު އާއިލާއެއްގެ ކުއްޖެއްކަން އެނގެ އެވެ. އަދި ވަގުތުން އެ ވާހަކަ ޔޫނުސް އަށް އެންގި އެވެ.

ޔޫނުސް ގެ އިރުޝާދުގެ ދަށުން ގެތެރެ ވަރަަށް ފުރިހަމަ އަށް ޒީނަތްތެރިވަމުން ދެެ އެވެ. ހީވަނީ އަލަތު ކައިވެޏަކަށް އަންހެން ކުއްޖަކު ތައްޔާރު ކުރަނީ ހެންނެވެ. ކާ މޭޒްމަތި ވެސް އެހެންޏާ ނުވާހެން ޒީނަތްތެރިކޮށްފައި ހުއްޓެވެ.
ޔޫނުސް ވަކިވަކިން ހުރިހާ އެއްޗެއް ބަލަމުން ދިޔައެވެ. އެއްވެސް ކަހަލަ މައްސަލައެއް އޮތްތޯ އެވެ. ކަންތައް ފުރިހަމަ ކުރުމަށް ފަހު ޔޫނުސް ވެސް ވަރަށް ފުރިހަމަ އަށް ތައްޔާރު ވެލި އެވެ.

އެވަގުތު ވަހިދާގެ ބޭބެ އާމިރު އާއި އެމީހުންގެ ރައްޓެހިން މޭޒް ކައިރީ އިށީނެވެ. މި އެންމެންނަކީ ވެސް ކާކޮ ންމެ ގަޑިޔަކު މި މޭޒް މަތި ފަޅުފިލުވާ މީހުންނެވެ. ކިތަންމެ ކުރިން ކާން އިށީނދެވުނަސް އެ މީހުން އަބަދުވެސް ކާން ފަށަނީ ޔޫނުސް ކާން ފެއްޓެވީމަ އެވެ.
އެކަކު އަނެކަަަކަށް ބަލަބަލާ ތިބެނީ އެވެ. މިއަދު ޔޫނުސް ކާ މޭޒް ކައިރިއަށް ދުރުވެފައި ނޫސް ނެގި ގޮތަށް އަނގައިން ވެސް ނުބުނެ އެބަ އިނެވެ. އެންމެ ފަހުން އާމިރު ކެތްނުވެގެން ވާހަކަ ދައްކަން ފެށީ އެވެ.

"ޅިޔަންބޭ މިއަދު ކާން ވެސް ނުފައްޓާ މީހަކަށް އިންތިޒާރު ކުރައްވަނިތޯ؟"

"އާނ…އަހަރެން ވަރަށް މުހިންމު މީހަކަށް އިންތިޒާރު ކުރަނީ."

އެވަގުތު ނީލާ އާއި ވަހީދާ އާއި އައިޝާ އާއި ތާނިޔާ ވެސް މޭޒް ކާރީ ކެއުމަށް އިންސާފު ކުރަން އިށީނެވެ.

"ބައްޕާ…ބައްޕަ ތިޔަ އިންތިޒާރު ކުރަނީ ކޮން މެހްމާނަކަށްތޯ؟" އައިޝާ މޭޒް މަތިގައި އޮޮތް ފޮތިގަނޑާ ކުޅެލަމުން އަހާލި އެވެ.

"ހީކޮށްލާ މިއީ އަހަރެން ނީލާ އަށް ޓަކައި ކުރާ އިންތިޒާރެކޭ. ނީލާގެ ބައިވެރިޔާ އަށް ކުރެވޭ އިންތިޒާރެކޭ." ފޮނި ހިނިތުންވުމެއް ޔޫނުސްގެ ތުންފަތުގައި ކުޅެލި އެވެ

"ނޫނޭ…އަޅުގަނޑު އަދި ކިޔަވަން ބޭނުން. އެއްވެސް މީހަކު ގެންނާނެ ކަމެއް ނެތް." ނީލާ މިހެން ބުނުމާއެކު ގޭޓް އިން ކާރެއް އައި އަޑު އިވުނެވެ. ދެވަނަ ހިނދު ކޮޅުގައި ފެނުނި ކޮންމެ ވެސް މީހަކު ވަދެ ސަލާން ގޮވާލި އަޑެވެ.
ޔޫނުސް އަވަހަށް ނޫސް ބާއްވަމުން އެތެރެއަށް ވަންނާށޭ އެ މީހާ ކައިރީ ބުނެލި އެވެ. ހުރިހާ އެންމެންގެ ލޯ ދޮރާ އަމާޒު ވެފައިވެ އެވެ.

އެ ވަގުތު ކޯޓް ފަޓްލޫން ލައިގެން ޓައީ އަޅައިގެން ދެ އަތް އުނގުޅަމުން ވަން ސަލީމް ފެނިގެން އެންމެން ހައިރާން ވި އެވެ. އޭނާއަކީ ކުންފުނުންޏަށް ވަންތާ އަހަރު ނުވަނީސް ކުންފުނިން ކެޑިގެން ގޮއްސަ ހުރި މީހެކެވެ.

(ނުނިމޭ)