Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އީސީގެ ކުރީގެ އެސްޖީ ސޮލާހު

ސޮލާހު (ވ) --

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އަބުދުއްރަހްމާން ސޮލާހު ރަޝީދު އައްޔަންކުރައްވައިފިއެވެ.

ސޮލާހު މީގެކުރިން މަސައްކަތް ކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. ސޮލާހަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމްއެވެ.

ޕާމަނަންޓް ސެކެޓްރީގެ މަގާމަށް އައްޔަންކުރި ސޮލާހަށް މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ މަރުހަބާ ދަންނަވައިފައެވެ.