Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ކުޑަހުވަދޫގައި ލައިސަންސް ނެތި ސައިކަލު ދުއްވި މީހަކު އެކްސިޑެންޓުވެ އެކިވަރުގެ އަނިޔާވެއްޖެ

ދ. ކުޑަހުވަދޫގައި ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލުން ނައްޓައިގެން އެކްސިޑެންޓެއް ވެއްޖެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:17 އެހާކަށްހާއިރު ކުޑަހުވަދޫގައި މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ކެފޭއެއްގެ ކުރިމަތީގައި ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ސައިކަލުގައި ދެ މީހަކު އިންއިރު ދެ މީހުންނަކީ ވެސް 18 އަހަރު ވެފައިވާ ދެ މީހުންނެވެ.

މީގެއިތުރުން ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެކެވެ. މި އެކްސިޑެންޓުގައި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އެގޮތުން ސައިކަލު ދުއްވަން އިން މީހާގެ ގައިގެ އެކިތަންތަނުން މަށައިގެން ގޮސްފައިވާއިރު ފަހަތުގައި އިން މީހާގެ ކަނާއަތު ފައިގެ ކުޑަހުޅުން ދުޅަވެ، ބޮލުގެ މަތިން ތަންކޮޅެއް ފަޅައިގެން ގޮސްފައިވާއިރު އެމީހާގެ ގައިން އެކި ތަންތަން ވަނީ މަށައިގެން ގޮސްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.