Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ހަމަނުޖެހުމެއްގައި ބިދޭސީއެއްގެ ގަޔަށް ތޫނު އެއްޗެއް ހެރި ޒަހަމްވެއްޖެ

ބިދޭސީންތަކެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި އެކެއްގެ ގަޔަށް ވަޅި ހެރި ޒަހަމްވެއްޖެއެވެ.

ހެންވޭރުގައި ހިނގި މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ އެ ހާދިސާ ހިނގީ ރަށްޓެހިވެގެން އުޅުނު ބިދޭސީ އަންހެނަކާއި ފިރިހެނަކު ރުޅިވުމުން އެކަމުގެ ތެރެއިން ކަމަށެވެ.

އަންހެން މީހާ އަމިއްލަ އަތުގައި ވަޅި އަޅަން އުޅުމުން އެކަން ހުއްޓުވުމަށް ފިރިހެން މީހާ އުޅުނު ކަމަށާއި އެވަގުތު އެ ވަޅި ފިރިހެން މީހާގެ ގަޔަށް ހެރި ޒަހަމްވީ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާއަށް ލިބުނު ޒަހަމްތަކަކީ އެހާ ފުން ޒަހަމްތަކެއް ނޫނެވެ. ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.