Last Updated: July 3, 14:17
Thursday, July 3, 2025
ދުނިޔެ

ހާވޭ ވެއިންސްޓެއިން ކޮރޯނާ ވައިރަހުން ސަލާމަތްވެއްޖެ

ހޮލީވުޑްގެ ކާމިޔާބު އަދި އަދި މަގުބޫލު ޕްރޮޑިއުސަރެއްގެ ގޮތުން މުޅި ދުނިޔެއަށް މަޝްހޫރުވުމަށްފަހު، ހޮލީވުޑުގެ ވަރަށް ގިނަ އަންހެނުންނަށް ޖިންސީ ގޯނާކުރި އަނިޔާވެރިއެއްގެ ގޮތުން ފަހުން މުޅި ދުނިޔެއަށް ބަދުނާމުވި، ހާވޭ ވެއިންސްޓެއިން ކޮރޯނާވައިރަސްއަށް ބޭސްފަރުވާކޮށްގެން ރަނގަޅު ވެއްޖެއެވެ.

އޭނާއަށް ކޮރޯނާވައިރަސް ޖެހުނުކަމަށް ވަނީ އޭނާ ނިއުޔޯކުގެ ޖަލެއްގައި ހުރި ދުވަސްވަރުގައެވެ. އަދި އޭނާއަށް ފަރުވާކުރަންފެށީ މާޗުމަހުގެ ފަހުކޮޅުގައެވެ.

ބޭސްފަރުވާއަށްފަހު އޭނާ ވަނީ ކަރަންޓީނުގައި 14 ދުވަސް ހަމަކޮށްފައެވެ. އެމެރިކާގެ "ފޮކްސް ނިއުސް"އަށް މައުލޫމާތުދެމުން ވެއިންސްޓެއިންގެ ތަރުޖަމާނު ބުނިގޮތުގައި އޭނާ މިހާރު ވަނީ ސިއްހީ އެކަހެރިކުރުމުން މިނިވަންވެފައެވެ.

ޖަލުގެ އިސްވެރިޔަކު ހާމަކުރިގޮތުގައި ހާވޭއާ ދިމާވި ސިއްހީ މައްސަލަތަކާބެހޭ މައުލޫމާތު މީޑިއާއަށް ނުދެވޭނެއެވެ.
ޖަލުން 68 އަހަރުގެ ވެއިންސްޓެއިންއަށް މޯބައިލް ފޯނާއި ޓީވީގެ ޚިދުމަތް ލިބޭކަމަށް ފެތުރިފައިވާ އަޑާބެހޭ ގޮތުން ވެއިންސްޓެއިންގެ ޓީމުން ބުނީ އެއީ އަސްލެއްނެތް ބުހުތާނެއް ކަމަށެވެ.

ވަރަށް ގިނަ ފިލްމީ ތަރިން ވަނީ އެމީހުންނަށް ވެއިންސްޓެއިން ޖިންސީ ގޯނާކުރިކަމަށް ބުނެ އެއްވެސް ފޮރުވުމެއްނެތި އެވާހަކަތައް ކިޔާދީފައެވެ.

ހާވޭ ވެއިންސްޓެއިންއާ ބެހޭ ގޮތުން 100 އަންހެނުންގެ ޝަކުވާތައް އުފުލުނަސް، ނިއުޔޯކުގެ ކޯޓަކުން 23 އަހަރުގެ ޖަލު ހުކުމެއް ކުރީ ތިން މައްސަލައެއްގައެވެ. އެއީ ޖިންސީ އަނިޔާ ކުރުމުގެ ކުށް ސާބިތުވުމުންނެވެ.

ކޯޓުން ކުރި ހުކުމަށްފަހު އޭނާ ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނެވެ. އޭނާއަކީ ހިތުގެ ބަލި މީކެވެ. އަދި މިދިޔަ އަހަރު ހިނގި އެކްސިޑެންޓެއްގައި އޭނާއަށް ވަރަށް ބޮޑަށް ހާނީއްކަވިއެވެ.