Last Updated: July 24, 06:24
Friday, July 24, 2026
ޚަބަރު

މާލޭގެ ގެއެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މައްޗަންގޮޅި ގެއެއްގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ދާދިފަހުންވެސް މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.