Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އެސްޓީއޯ އިން ގޭގެއަށް ތަކެތި ގެނެސްދޭނެ، ގޭގައި ތިއްބަވާ: އަމްރު

އެސްޓިއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު، ފޮޓޯ: މިހާރު

އެސްޓީއޯ މުވައްޒަފުން ގޭގެއަށް ބޭނުންވާ ތަކެތި ގެނެސްދޭނެ ކަމަށާއި، ތޮށްޖެހިގެން ސުޕަމާކެޓްތަކުން އެއްޗެހި ގަންނަން ނުދިއުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު އިލްތިމާސް ކުރައްވައިފިއެވެ.

މާލެއިން މިއަދު ހެނދުނު ކޮވިޑް-19 އަށް މީހަކު ޕޮސިޓިވް ވެފައިވާއިރު ގިނަ ބަޔަކު ވަނީ އެއްޗެހި ގަންނަން ފިހާރަތަކަށް އެއްވާން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ވަނީ މިއީ ގޭގައި ތިބެންވީ ވަގުތު ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރުމަށް ނޫނީ ބޭރަށް ނުނިކުމެ ގޭގައި ތިއްބެވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މިދަނޑިވަޅަކީ ފަރުދީ ޒިންމާ އަދާކުރަން އެންމެ މުހިއްމު ދަނޑިވަޅު ކަމަށާއި ވައިރަސް ފެތުރުނަ ނުދިނުމަށް ގޭގައި މަޑު ކުރުމަށް އެޗްޕީއޭއިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

އެސްޓީއޯ ގެ ޚިދުމަތްތައް އޮންލައިން ކޮށް ހޯއްދެވުމަށް ކުންފުނިން އިލްތިމާސް ކޮށްފައިވާއިރު http://eSTOre.mv އިން ޚިދުމަތް ހޯދޭނެއެވެ.