Last Updated: June 9, 18:41
Tuesday, June 9, 2026
ސިޔާސީ

ޖުމްހޫރީ މެނިފެސްޓޯ އާންމު ކުރުން މާދަމާ ރޭ

ޖުމްހޫރީގެ ރިޔާސީ ކެންޑިޑޭޓް ގާސިމާއި ޑރ. ހަސަން ކެމްޕޭން ހަރަކާތެެއްގައި. ފޮޓޯ/ ޖުމްހޫރީ ޕާޓީ

ޖުމްހުރީ ގުުޅުމުގެ މެނިފެސްޓޯ މާދަމާ ރޭ އދ. މާމިގިލީގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އާންމު ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ ނައިބް ލީޑަރު ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ރޭ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި ގައުމީ ޕާޓީ ހިމެނޭ "ޖުމްހޫރީ ގުޅުމުގެ" މެނިފެސްޓޯގެ މަސައްކަތް މިހާރު އޮތީ އެއްކޮށް ނިމިފައި ކަމަށެވެ.

އަދި މާދަމާ ރޭ މެނިފެސްޓޯ އެއްކޮށް އާންމު ކުރުމަށް ފަހު، އޭގައި ހިމެނޭ އެކިއެކި ސިޔާސަތުތައް ވަކިވަކިން ވެސް ރައްޔިތުންނަށް މި އޮޮޮތް ދުވަސްތަކުގައި ރައްޔިތުންނަށް ހާމަކޮށް ދެމުން ގެންދާނެ ކަމަށެވެ.

ޑރ. ޑީޑީ ވިދާޅުވީ ގާސިމް އިބްރާހީމާއި އެ މަނިކުފާގެ ރަނިންމޭޓް ޑރ. ހަސަަން ސައީދު ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯއަކީ އެ ކޯލިޝަނުގައި ބައިވެރިވާ އެހެން ޕާޓީތަކުގެ ތާއިދު ވެސް ލިބި، އެ ޕާޓީތަކުން އެންޑޯސްކޮށްފައިވާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި މެނިފެސްޓޯ ކަމަށެވެ.

އަދި އެ މެނިފެސްޓޯއަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި ރައްޔިތުން ބޭނުންވާ ކަންތައްތައް 100 ޕަސެންޓް ހިމެނޭ މެނިފެސްޓޯއެއް އެއް ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.