ރަންބީރު ކަޕޫރު ލީޑް ރޯލް ކުޅެފައިވާ "ބޭޝަރަމް" ގެ ފުރަތަމަ ޓްރެއިލާ ލޯންޗްކޮށް، ފިލްމް އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މި ފިލްމަކީ 2010 ވަނަ އަހަރު "ދަބަންގް" ޑައިރެކްޓްކޮށްގެން އާންމުންގެ ސަމާލުކަން ހޯދި އަބިނާވް ކެޝަޕްގެ ދެވަނަ ޑައިރެކްޝަނެވެ.
އޭނާއަކީ ބޮލީވުޑްގެ މިހާރު އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރުންގެ ތެރޭގައި ހިނެނޭ އަނުރާގް ކެޝަޕްގެ ކޮއްކޮ އެވެ.
"ބެޝަރަމް" ގައި ރަންބީރާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ އަލަށް ތައާރަފްވާ ޕައްލަވީ ޝަރްދާ އެވެ. މި ފިލްމުގެ ރަންބީރުގެ މަންމަ ނީތޫ ކަޕޫރާއި ބައްޕަ ރިޝީ ކަޕޫރު ވެސް މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.
އެ ދެ މީހުން މި ފިލްމުގައި ފެންނާނީ ފުލުހުންގެ ރޯލުންނެވެ.
މީގެ އިތުރުން ޖާވިދް ޖެފްރީ ވެސް "ބޭޝަރަމް" ގެ މުހިއްމު ރޯލަކުން ފެންނާނެ އެވެ.