Last Updated: April 18, 21:24
Thursday, April 18, 2024
ޚަބަރު

މާލެއިން 10 ވަނަ މީހާ ކޮވިޑް އަށް ޕޮސިޓިވް ވެއްޖެ

މާލެއިން އަނެއްކާވެސް އިތުރު މީހަކު ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެއްޖެއެވެ.

މިއީ އިއްޔެ މާލެއިން ޕޮސިޓިވް، ކޭސް 27(ޕޮސިޓިވްވި 7 ވަނަ މީހާ) އާ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދީފައިވެއެވެ.

މިހާތަނަށް 10 މީހަކު ކޮވިޑް އަށް ޕޮސިޓިވް ވެފައިވާއިރު އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި 3 ކްލަސްޓާއެއް މިހާތަނަށް މާލެއިން ފެނިފައިވެއެވެ. އެހެންކަމުން އިތުރު މީހުންނަށް ވެސް ބަލި ފޯރާފައިވާނެ ކަމަށް ބެލެވޭއިރު ހުރިހާ ރައްޔިތުން ވެސް ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ސަރުކާރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

އެޗްޕީއޭ އިން މިހާރު ވަނީ މިއަދު ހެނދުނު ޕޮސިޓިވް މީހާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖައްސަމުންނެވެ.