Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޑޮކްޓަރުންގެ ގުރުބާނީގެ އަގު އަދައެއް ނުކުރެވޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ދިވެހި ޑޮކްޓަރުން ވަމުންދާ ގުރުބާނީއަކީ އޭގެ އަގު އަދާ ކުރެވޭނެ އެއްޗެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު ރާއްޖެއަށް ޑޮކްޓަރުންގެ ދުވަސް އައިސްފައި މިވަނީ ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެއަށް ވެސް ފެތުރެން ފަށާފައިވާ ނުރައްކާތެރި ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޑޮކްޓަރުން ވަމުން އަންނަ ގުރުބާނީއަކީ އޭގެ އަގު އަދާ ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ޑޮކްޓަރުންނަށް ދަރާފައިވާ މިންވަރު އެހާމެ ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 18ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ގައުމީ ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައެވެ. ކޮވިޑް19 އާ ގުޅިގެން ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.