Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

ހިތަދޫ ބޮޑުމަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

އިރުއޮއްސި 6 ޖަހާކަށް ހާއިރު ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ޒުވާނަކަށާއި އުމުރުން ދުވަސްވީ މީހަކަށެވެ. މިހާދިސާގައި ޒުވާނާގެ ބޯފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ ފައިބާފައިވެއެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ދަނީ މިހާރު ފަރުވާ ދެމުންނެވެ.

މިއެކްސިޑެންޓާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.