Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މިނިސްޓަރ މަހުލޫފް ވެސް ޑެލިވަރީއަށް

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާއިރު އާންމުނަށް ކާބޯތަކެތި ޑެލިވަރީ ކުރަން ވޮލަންޓިއަރުން ހޯދަން އިއުލާން ކުރުމުން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވެސް ޑެލިވަރީއަށް ނިކުންނަވައިފިއެވެ.

މިނިސްޓަރ މަހްލޫފް ނިކުންނެވީ ވީބީ މާޓުގެ މުވައްޒަފުންނާ އެކު ވީބީގެ ޑެލިވަރީތަކަށެވެ. ފިހާރަތަކުން ޑެލިވަރީގެ ޚިދުމަތް ކުރިއަށް ގެންދިޔަ ނަމަވެސް އޯޑަރު ގިނަވެ، މުވައްޒަފުން މަދުވުމާ ގުޅިގެން އިއްޔެ ސަލާމަތީ ޚިދުމަތްތަކުން ވެސް ވަނީ ޑެލިވަރީގައި ބައިވެރިވެފައެވެ.

އަދިވެސް އިތުރު ވޮލަންޓިއަރުން ބޭނުން ވެގެން މިއަދު ހުޅުވާލުމުން ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާތާ މިއަދަށް ހަތަރު ދުވަސް ވެފައިވާއިރު، މާލެއިން މިހާރު ވަނީ 14 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ.

އެޗްޕީއޭ އިން ވަނީ މިހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާ ކުރައްވައި ގޭގައި ތިއްބެވުމަށް އިލްތިމާސްކޮށްފައެވެ.

ލޮކްޑައުންގެ ގަވާއިދާ ޚިލާފުވެ މަގުތަކަށް ނިކުންނަ މީހުންނާ ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ މިހާރު ނިންމާފައެވެ.