Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

"ރިކަނެކްޝަން ފީ ބޮޑު ކުރި ކަމަށް އެންގުނީ އޮޅުމަކުން"

އާރްއޭފްގައި ހުންނަ މަރުކަޒީ އިންޖީނުގެ.

އައްޑޫގެ ފެނާއި ނަރުދަމާ ދިނުމަށް ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުން ދެމުންގެންދާ ކަރަންޓް ހިދްމަތަށް ފައިސާ ނުދައްކައިގެން ކަރަންޓް ކަނޑާލާ ގެތަކަށް އަލުން ރިކަނެކްޝަން ދޭނީ ކުރިން ނަގަމުން އައި 25 ރުފިޔާގެ ބަދަލުގައި 50 ރުފިޔާއަށް ކަމަށް ބުނެ 31 ޖުލައި 2013 ގައި ގެތަކަށް ފޮނުވި ލިއުމަކީ ކުންފުނީގެ ކަސްޓަމާ ސާވިސް ޑިޕާޓްމަންޓަށް އެރި އޮޅުމަކުން ފޮނުވުނު ލިއުމެއް ކަމަށް އެކުންފުނިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް ޑައިރެކްޓަރު ހުސެއިން ޒަރީރް ސޮއިކޮށް އޮގަސްޓް 1 ގައި އާއްމު ކުރި ލިއުމުގައި ވަނީ ކުންފުނިން އާއްމުންނަށް ފޯރުކޮށްދޭ ހިދްމަތުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.

ފެނަކަ އިން އައްޑޫގައި ދެމުން ގެންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދްމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލު ކުރަން ނިންމާފަ އެވެ.