Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ކޮވިޑް-19: މަރަދޫ މީހާގެ ފުރަތަމަ ސާމްޕަލް ނެގެޓިވް

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓުވި މަރަދޫ މީހާގެ ފުރަތަމަ ސާމްޕަލް ނެގެޓިވްވެފައިވާކަމަށް އައްޑޫ ކޮވިޑް ޓާސްކް ފޯސްއިން ބުނެފިއެވެ.

އައްޑޫ ކޮވިޑް ޓާސްކް ފޯސްގައި އިސްކޮށް ހަރަކާތްތެރިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރަ ޝަރަފު ސާދާތު (ސާތު) ވިދާޅުވީ މަރަދޫން ނެގި ފުރަތަމަ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި ދެވަނަ ސާމްޕަލެއް ނަގާނެ ކަމަށް ސާތު ވިދާޅުވިއެވެ.

ސާތު ވިދާޅުވީ މިހާރުވެސް ހަތަރު ސާމްޕަލެއް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ޗާޓަރު ފްލައިޓެއްގައި ސާމްޕަލް މާލެ ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސާތު ވިދާޅުވިއެވެ.

މީގެ އިތުރުން މިމަހުގެ 17 ވަނަ ދުވަހު ހިތަދޫން ނެގި ދެވަނަ ސާމްޕަލްގެ ނަތީޖާވެސް ވަނީ ނެގެޓިވްވެފައެވެ.

މާލެއިން ކޮވިޑް-19 ޖެހިފައިވާ 15 މީހަކު ފެނުމާއި ގުޅިގެން ބަލިޖެހިފައިވާ އިތުރު ބަޔަކު ތިބެދާނެ ކަމަށް ބަލައި މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އަތޮޅުތަކަށް ދަތުރުކުރި މީހުން 14 ދުވަހަށް ކަރަންޓީނުވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެ އެންގުމާއި ގުޅިގެން މިއަދު ހަވީރު 5 އިން ފެށިގެން އައްޑޫގައި އާއްމު ވިޔަފާރިކުރުން ވަނީ މަނާކޮށްފައެވެ.