Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

އެސްޓިއޯ ހިތަދޫ ފިހާރައިން ފިޔާ، އަލުވި، އަދި ބިސް ޑެލިވަރީ ކޮށްދެނީ

ހިތަދޫގެ ރައްޔިތުންނަށް ބޭނުންވާ ފިޔާ، އަލުވި، އަދި ބިސް މާދަމާއިން ފެށިގެން ގޭގެއަށް ޑެލިވަރީ ކޮށްދޭނެކަމަށް ހިތަދޫ އެސްޓިއޯ ފިހާރައިން ބުނެފިއެވެ.

އެސްޓިއޯ ހިތަދޫ ފިހާރައިން ބުނީ މާދަމާއިން ފެށިގެން، ފިޔާ، އަލުވި، ބިސް ވިއްކާނީ ފޯނުން އޯޑަރު ނެގުމަށްފަހު ކަމަށެވެ. މިގޮތަށް އެސްޓިއޯއިން ނިންމާފައިވަނީ މާލެއިން ކޮވިޑް-19 ޖެހިފައިވާ 15 މީހަކު ފެނުމާއި ގުޅިގެން ގިނަ ބަޔަކު އެއްތަން ނުވުމަށް އެޗްޕީއޭއިން އެންގުމާއި ގުޅިގެންނެވެ.

ފިޔާ، އަލުވި، ބިސް ވިއްކުމަށް އެސްޓިއޯއިން މިހާރު ނިންމާފައިވަނީ ކޮންޓްރޯލް އަދަދެކެވެ. އެގޮތުން ކޮންމެ ގޭބިސީއަށް ވިއްކުމަށް ނިންމާފައިވަނީ 5 ކިލޯ އަލުވި އާއި، 10 ކިލޯ ފިޔާ، އަދި 120 ބިސް ކަމަށެވެ.

"އަޅުގަނޑުމެން ފޯނުން އޯޑަރު ނަގާނީ، އަދި ފައިސާ އަޅުގަނޑުމެންގެ އެކައުންޓަށް ޖަމާކުރުމުން މާދަމާއިން ފެށިގެން ގޭބިސީތަކަށް ޑެލިވަރީގެ ހިދްމަތް ލިބޭނެ، މިހާރު ހަދާފައިވާ ޕެކޭޖަކީ 370 ރުފިޔާ"

އެސްޓިއޯއިން ވަނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތައްތައް ރާއްޖެ ގެނެސްފައެވެ. އަދި މިހާލަތުގައިވެސް ކާބޯތަކެތި ހުސްނުވެ ލިބޭނެ ކަމަށް އެސްޓިއޯއިން ވަނީ ބުނެފައެވެ.