Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއަކު ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފި

މަގުމައްޗަށް ވެއްޓިފައި އޮތް ބަންގްލަދޭޝް މީހަކު ސެނަހިޔާއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މިރޭ 20:31 ހާއިރު މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް ބިދޭސީއަކު މަގުމައްޗަށް ވެއްޓިފައިވާތަން ފެނިފައިވާ ކަމަށެވެ. އެމީހާ ވެއްޓިފައި ވަނީ އަސަރީ ގޯޅި އާއި މަޖީދީ މަގާއި ގުޅޭ ހިސާބުންނެވެ. ނަމަވެސް އެމީހާ ވެއްޓިފައި އޮތީ ކިހިނެއް ވެގެން ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ މަގުމައްޗަށް ވެއްޓިފައި އޮތީ 50 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި އޭނާ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބަންގްލަދޭޝް މީހަކު މަގުމައްޗަށް ވެއްޓިފައި މިވަނީ މިއަދު ކޮވިޑް19 އަށް މާލެއިން 14 ބަންގްލަދޭޝް ރައްޔިތަކު ޕޮޒިޓިވް ވެފައިވާ ދަނޑިވަޅެއްގައެވެ.