Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

މަޖިލީހުން އައްޑު އަށް އިތުރު ގޮނޑިއެއް!

އައްޑޫ މެމްބަރުންތަކެއް މަޖިލީހުގެ ޖަލްސާއެއްގައި. ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 ން 85 އަށް އިތުރުވާ އިރު އައްޑު އަށް އިތުރު ގޮޑިއެއް ލިބޭނެ ކަމަށް އިލެކްޝަން ކަމިޝަނުން ބުނެފި އެވެ.

މިހާރު އައްޑުއަށް ލިބިފައިވާ ހަ ގޮޑި އަކީ ހުޅުމީދޫ ދާއިރާ އާއި ފޭދޫ ދާއިރާ އަދި މަރަދޫ ދާއިރާގެ އިތުރުން ހިތަދޫ ދެކުނު ދާއިރާ އަދި މެދު ދައިރާގެ އިތުރުން ހިތަދޫ އުތުރު ދާއިރާ އެވެ.

އަލަށް ލިބުނު ގޮޑި ހަމަޖެހޭނީ މީދޫ އާއި މަރަދޫފޭދޫ އަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެހެން ކަމުން ހުޅުދޫ ދާއިރާ ވަކިވެ މަރަދޫއަށް ވެސް ވަކި ގޮޑިއެއް ހަމަޖެހޭނެ އެވެ. އަދި މި ބަދަލާއި އެކު ލޯކަލް ކައުންސިލަށް ވެސް އިތުރު ގޮޑިއެއް ލިބޭނެ އެވެ.

އިލެކްޝަނުން ބުނީ މަޖިލިސް އަށް އަލަށް އިތުރުވާ އަށް މެމްބަރުންނަށް އަސާސީ މުސާރަ އާއި އެލަވަންސާ އެކު 62،500 ރުފިޔާ މަގުން ބަލާ ނަމަ އެއީ ފަސްލައްކަ ރުފިޔާގެ އިތުރު ވުމެއް ކަމަށެވެ.

އިލެކްޝަންސް އިން ނެރުނު އިއުލާނެއްގައިވާ ގޮތުން މާލޭ 11 ދާއިރާއިން 13 ދާއިރާއަށް ބަދަލުވާ އިރު އައްޑޫ 6 ދާއިރާއިން 7 ދާއިރާ އަށް ބަދަލު ވާނެ އެވެ.

އަދި މިހާރު ފަސް މެމްބަރުން ތަމްސީލުކުރާ ހދ. އަތޮޅުގެ ދާއިރާ އިން އަންނަ އަހަރުގެ އިންތިހާބުގައި ހަ މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ. އަދި ނ، އދ، ތ އަދި ގދ އަތޮޅުން ކުރެ ކޮންމެ އަތޮޅަކަށް އެއް ގޮނޑި އިތުރުވާނެ ކަމަށް ވެސް އިލެކްޝަންސްގެ އިއުލާނުގައި ބުނެފައިވެ އެވެ.

އިލެކްޝަންސް އިން ބުނީ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ އާބާދީއަކީ 352،904 ކަމަށެވެ.