Last Updated: May 20, 01:49
Sunday, May 19, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 2، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"ކަލޭ ކަހަލަ އާވާރާ މަޖުނޫން އިން ރާއްޖެ އިން ފުރައިގެން މި ގައުމަށް އައިސް ރާއްޖޭގެ އަގު ވެއްޓޭ ގޮތަށް އުޅޭތީ ލަދުން ބޯ ހަލާކު އިނގޭ."

"އަސްތާ އެހެންތަ؟ މަމީ މަޖްނޫން، އާވާރާ މީހާ…. ކާކުބާ ލައިގަތީ. މިއޮތީ ކާކުގެ އިސްތަށި ތަކެއްބާ ދައްކަބަލަ މަގޭ އެއްވެސް އެއްޗެއް؟" އެ ވަގުތު ފަލާހް އައިސް އުނައިސް ދަމަމުން ދާން ފެށި އެވެ.

"އޭ ހާދަ ފާޑެއްގެ މަންޖެއެކޭދޯ؟ މަމިޔޮއް ފަދަ ޝާހީކޮށް އުޅޭ މީހާ މުޅިން ބަދުނާމްކޮށްފަ އެ ދިޔައި."

"ހޫނ… ކަލޭ ވެސް އުޅޭ ގޮތުންނޭ އެހެން ވަނީ. އަން ކިޔާފިއްޔާ ކޮންމެ އެއްޗެއްގެ ފަހަތުން ކަލޭ ދާނެ. މި ފަހަރު ލަނޑު އެޅީދޯ؟"

"ނޫނޭ ބަލަން ހުރޭ އަދި މަގޭ ފަހަތުން އަންނާނެ. އެކަމަކު އެއީ ރީތި މަންޖެއެއް."

"ހޫން ފުރަން ދާ ގަޑި ޖެހިއްޖެ. އަވަސް ކުރޭ."

މުޅި ދަތުރުމަތީ އުނައިސް އިނީ އެ ޓީޝާޓްގައި ބައްދާލައިގެންނެވެ. ރާއްޖެ އދެވުމުން އޭނާ ފުން ނޭވާއެއް ލިއެވެ. އޭނާގެ ސްކޫލް ރައްޓިހިންނާ އާއިލާ މީހުން އެއަޕޯޓްގައި އޭނާގެ އިސްތިގުބާލުގައި ތިއްބެވެ. އޭނާ ހުރިހާ މީހުންނާ ސަލާމް ކުރަމުން ވާހަކަ ދައްކަމުން ކާރާ ދިމާލަށް ދިޔައެވެ. އެވަގުތު ކާރު ކައިރީ ކާރަށް ލެނގިލައިގެން އޭނާގެ މަންމަ ހުއްޓެވެ.

"ވާހް…އެންމެ ރީތީ މަންމަ. މަންމާ ކޮބާތަ އެ އަންހެން ކުދިންގެ ގާފިލާ؟"

"ބޭބޭ އަޅުގަނޑުމެން މި ތިބީ." ކާރުތެރެއިން ބޯ ނެރެމުން އައިޝާ ހަޅޭއްލެވި އެވެ.

"އެހެންވަނީ ދޯ މި ތިން މާމަ މިތިބީ ކާރުތެރޭގަ ދޯ ނެތްތަ މަށަށް ޖާގައެއް؟"

"ނޫނޭ ތީ ބޮޑު މީހާނު. އަރާ ކުރީ ސީޓަށް." ނީލާ ހެމުން ބުނެލި އެވެ.

"ނޫނޭ އަހަރެން މި އައީ ސައިކަލް ތަލުދަނޑި ހިފައިގެން. ބައްޕަ ބުނުއްވި އުނައިސް ވަގުތުން އޮފީހަށް އަންނާށޯ." ރަހްމާން އަވަހަށް އައިސް އުނައިސް އަތަށް ތަޅުދަނޑިފަތި ދިނެވެ.

"ރަހްމާން ބޭބެ. މިއަދު އަހަރެން މި އަންހެން ގާފިލާއިން ސަލާމަތްކޮށް ދީފި. މީގެ އަގު މަ ގެއަށް ގޮސް ދޭނަން."

ހުރިހާ އަންހެން ކުދިން ތިބީ ކާރުގެ ކުރީ ސީޓްގައި ދަވާދު ލައިގެން އުނައިސް އަށް ލަޑު ދޭށެވެ. ނަމަވެސް ރަހްމާން މިކަން އެނގިގެން އޭނާ ސަލާމަތް ކުރި އެވެ.
އެ ކުދިން ކާރުން ފުންމާލި އެވެ. ރަހްމާން ބިރުން ދުވަމުން މަދަދަށް އެދެމުން ދިޔަ އެވެ. ނަމަވެސް ހުރިހާ އަންހެން ކުދިން އޭނާ އަތުލައިގެން ގެންގޮސް އެ ސީޓްގައި އޭނާ ބައިންދާފައި އަތް ފޮޅާލި އެވެ. ވަހިދާ ހުރީ ހީހީ ހަލާކުވާން ކަރިވެފަ އެވެ. ރަހްމާން މަޑުމަޑުން ތެދުވެ ހުރިހާ ދަވަދާ އެކު ހިނގަމުން ދިޔަ އެވެ.

އުނައިސް އޮފިހަށް ވަން ވަގުތަކީ ޔޫނުސް އާއި ސަލީމް ވާހަކަ ދައްކަން ތިބި ވަގުތެވެ. އުނައިސް އެ މީހުންގެ ވާހަކަ އަޑު އަހާލުމަށް އެތަނަށް ނުވަދެ މަޑުކޮށްްލި އެވެ.

"ނޫނޭ. މިހާރު ވެސް އަޅުގަނޑު މި ވަނީ ތިޔަ ބޭފުޅުންގެ އިހްސާންތެރި ކަމުގެ ދަށުވެ ފިތިފަ. އިތުރަށް އަޅުގަނޑުގެ މުސާރަ ބޮޑުކުރީމާ ލަދުގަންނާނީ އަޅުގަނޑު."

"މުސާރަ ބޮޑު ކުރީ އަހަރެން އަމިއްލަ އަށް ފެނިގެން. ވީ އިރު މިކަމުގަ ސަލީމްގެ އިއުތިރާޒެއް އޮވެގެން ނުވާނެ. މުސާރަ ބޮޑުވީމާ ނީލާ ވެސް އުފާވާނެ."

"އަސްލު އަޅުގަނޑު ބޭނުން ވަނީ ނީލާ އަޅުގަނޑަށް ލިބޭ ކުޑަ އާމްދަނީގަ ހިތްހަމަ ޖައްސަން ދަސް ކުރަން. އަޅުގަނޑަށް ވެސް އެނގޭ ނީލާއަކީ މަނިކުފާނުގެ ވަރަށް ލޯބިވާ ދަރިއެއްކަން. ދޮށީ އަންހެން ދަރިފުޅުކަން. އެ ދަރިފުޅަށްޓަކާ ކޮންމެ ފަދަ ކަމެއް ވެސް ކުރެވި ދާނެ. އަޅުގަނޑުމެންނަށް ބޮޑު ކާރަކާ ގަނޑުވަރެއް ވެސް ދެވިދާނެ. އެކަމަކު އެއަކު އަމިއްލަ ވަންތަ ކަމެއް ނޯންނާނެ ދޮގެއްތޯ؟"

"ސަލީމް ކަލޭތީ އެހެން ދަރިންހެން އަހަރެންގެ ދަރިއެއް މި ހުރިހާ މުދަލަކީ އަހަރެންގެ ދަރިންނަށްޓަކާ އަހަރެން ހޯދާފައި ހުރި އެއްޗެހި."

"ޔޫނުސް މިއަދު އަޅުގަނޑުގެ އުނގު އުފަލުން ފުރަލަދެއްވައިފި. އަޅުގަނޑުގެ އަމިއްލަ ބައްޕަގެ އިހްސާސެއް އަޅުގަނޑު މިހާރު ނެތް. ސަބަބަކީ ބައްޕަ ނިޔާވީ އަޅުގަނޑު ވަރަށް ކުޑަ އިރު. މަނިކުފާން އަޅުގަނޑުގެ ހަޔާތުގެ އެ އުނިވެފައިވާ ބައި ފުރާލަ ދެއްވަފީމު."

އެ ވަގުތު އުނައިސް އެތެރެއަށް ވަދެ ސަލާމް ގޮވާލި އެވެ. އުނައިސްގެ އަޑަށް ސިހިފަ ސަލިމް އެނބުރުނެވެ. އުނައިސް އާ ވަގުތުން އޭނާ ސަލާމް ކުރި އެވެ. ޔޫނުސް އެ ކުދިން އެކަކު އަނެކަކަށް ތައާރަފްކޮށް ދިނެވެ.

"ހާއި…ސަލީމް އަހަރެންނަކީ އަހަރެންގެ ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު. ގޭގެ އަސްލު ވެރިޔަކީ އަހަރެން. ދެން އަހަރެންނަށް އިނގޭ ތީ އަހަރެންގެ ވާން އުޅޭ ޅިޔަނުކަން."

ސަލީމް އާ ތަފާތު ވާހަކަތަކެއް ދެއްކުމަށް ފަހު އުނައިސް ބައްޕަގެ ހުއްދަ ހޯދައިގެން ދާން ދޮރު ހުޅުވި އެވެ. އެ ވަގުތު އެދޮރުގެ އަނެއް ފަރާތުން ވެސް މީހަކު ދޮރު ހުޅުވާލީ އެވެ. އެ ވަގުތު ބައިވަރު ފޮތްތަކާ އެކު އެ މީހުން ބިން މައްޗަށް ވެއްޓުނެވެ. އުނައިސް މަޑުމަޑުން އަވަހަށް ތެދުވި އެވެ. އަދި އަންހެން ކުއްޖާ ތެދުވާން އެހީ ވި އެވެ. އެ ކުއްޖާ ފޮތްތައް މޫނުން ނެގުމާ އެކު ދެ މީހުންނަށް ވެސް ހަޅޭއްލަވައިގަނެވުނެވެ.

"ކަލޭ…"
"ކަލޭ…"
"ކަލޭ މިތާ ކީއްތި ކުރަނީ؟"

"މަ ވެސް މަންޖެ ކައިރިންން ބޭނުން ވަނީ ތި ސުވާލު."

"އަހަރެން މި އައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ކައިވެނީގެ ހަދިޔާ ހިފައިގެން."

"ތިޔަ ގާތް އެކުވެރިޔާގެ ނަމަކީ ކޮބާ؟"

"ކަލޭ ކާރީ ބުނަންވީ ކީއްވެ؟"

"ސަބަބަކީ މަށަކީ މި އޮފީހުގެ ވެރިޔާ."

"އައްޗި ކަލެ ކަހަލަ އަންހެން ކުދިންނާ ފޮށި އާވަރާކޮށް އުޅޭ މީހަކަށް މި އޮފީހުގެ ވެރިއަކަށް ވާނީ ކިހިނެެތް؟"

"އެއީ ﷲ ގެ ނިންމެވުން. މަންޖެއަކަށް ވެސް އެކަމެެއް ބަދަލެއް ނުކުރެވޭނެ. އެހެން ނޫނަސް އަހަރެން ތިޔަ އަޅުވާ އިލްޒާމްތަކުން ބަރީީއަވަން. އަހަރެންނަކީ މާތް މީހެއް. މަންޖެ ދިހަ މީހުން ކުރެން އަހާބަލަ މަށަކީ ކޮން ކަހަލަ މީހެއްތޯ. ޖަވާބު ލިބުމާ އެކު މަންހެ ދެރަވާނެ މަގޭ ފަހަތުން ވެސް އަންނާނެ. އެހެން ނޫނަސް އެންމެ ފަހަރަކު ނަން އަހާލުމުން ހީކުރަނީ މަންޖެއަކީ ލައްކަ އެކޭ ކަމަށްތަ ތިކަހަލަ އަންހެނުން ބައިވަރު. އަހަރެން ބޭނުމެއް ނޫން ތި ފާޑަށް ހެދުން އަޅާފަ މަގުމަތީ އުޅޭ ކުދިން."

(ނުނިމޭ)