Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މޫސުމީ ކާރިސާއާ ސިއްހީ ކާރިސާތަކުން ޖަޒީރާ ގައުމުތަކުގެ ހާލަތު ނާޒުކުވޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

މޫސުމީ ކާރިސާތަކާއި ކޮވިޑް19 ފަދަ ސިއްހީ ކާރިސާތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުުމުތަކުގެ ހާލަތު އިތުރަށް ނާޒުކުވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އާތު ޑޭގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ދިމާވަމުން އަންނަ ކާރިސާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ.

އަދި މޫސުމީ ކާރިސާތަކާއި ކޮވިޑް19 ފަދަ ސިއްހީ ކާރިސާތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުުމުތަކުގެ ހާލަތު އިތުރަށް ނާޒުކުވެގެންދާ ކަމަށެވެ. އަދި ސިއްހީ ގޮތުން ކުރިމަތިވާ ކާރިސާތަކަށް ތައްޔާރުވާ ފަދައިން މޫސުމީ ކާރިސާތަކަށް ވެސް ދުރާލާ ތައްޔާރުވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.